މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް
|
މަޤާމުގެ ނަންބަރު:
|
CSC-J-365829
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
CSC5-1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީ.އެސް.ސީ ޕްރޮފެޝަނަލްސް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ސިވިލް ސަރވިސް ކޮމިޝަން / ކ. މާލެ
|
މުސާރަ:
|
މަހަކު -/9890 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ
|
ކޮމިޝަން އެލަވަންސް:
|
މަހަކު 3461.50 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް
|
ކޮމިޝަނަރސް ބިއުރޯގެ އެޑްމިނިސްޓްރޭޓިވް ޔުނިޓްގެ އަދި ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުން ބަދަހިކުރުމާއި، ކޮމިޝަން މެންބަރުންނާއި، ކޮމިޝަނުގެ މުވައްޒަފުން ރަސްމީގޮތުން އަތޮޅުތަކަށާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ އިންތިޒާމާއި، ޕްރޮޓޮކޯލް ހަމަޖެއްސުމާއި، ކޮމިޝަނުގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، މި ބައްދަލުވުންތަކުގެ އިދާރީކަންކަން ބަލަހައްޓައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
|
މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކޮމިޝަނަރސް ބިއުރޯ، މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓް، އަދި ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުންބަދަހި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތާގުޅޭ އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އަދި ސަރވިސް ސްޓޭންޑަރޑްތައް އެކުލަވާލުމާއި، ގަވާއިދުން މި ތަކެތި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތާއި ޙިދުމަތް ހަރުދަނާ ކުރުމަށްޓަކައި ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުން ބަދަހިކޮށް ކޮމިޝަނާއި ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދޭނެގޮތްތަކާއި، ސިޔާސަތުތަކާއި ސްޓްރެޓެޖީސްތައް ދެނެގަނެ، އެއާ އެއްގޮތަށް މަސައްކަތްތައް ކުރުން.
- ކޮމިޝަނުގެ ބަޖެޓުން ޚަރަދުކޮށްގެން ބައިވެރިވާ، އަދި ބައިނަލްއަގުވާމީ އިދާރާތައް ހިމެނޭހެން އެކްސްޓަރނަލް އިންސްޓިޓިއުޝަންތަކުން ކޮމިޝަނަށް ދެއްވާ ވޯކްޝޮޕްތަކާއި، ސްޓަޑީ ޓުއާތައް، ފީލްޑް ޓްރިޕްތަކާގުޅޭ ކަންކަން ކުރުން.
- ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތް ހަރުދަނާ ކުރުމަށް ބޭނުންވާނެ ތަމްރީން ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި އެހީ އާއި ވަޞީލަތްތައް ހޯދުމަށް މަސައްކަތްކުރުމާއި، ތަމްރީން ޕްރޮގްރާމްތަކަށް މީހުން ފޮނުވުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
- ބައިނަލް އަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނަށް ހުށަހެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮޖެކްޓް ޕްރޮޕޯޒަލްތައް އެކުލަވާލުމާއި އެ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމުތަކަށް ފައިސާގެ އެހީއާއި އެހެނިހެން ޓެކްނިކަލް އެހީ ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.
- ކޮމިޝަނާއި ބައިނަލްއަގުވާމީ އަދި ޤައުމީ ޖަމްއިއްޔާތަކާއި އަދި އެނޫންވެސް ސްޓޭކްހޯލްޑަރުންނާއެކު ގުޅުން ބަދަހިކުރުމަށާއި، އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާ (މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ.)) އެކުލަވާލުމާއި އެފަދަ އެމް.އޯ.ޔޫތައް ތަންފީޒުކޮށް ބެލެހެއްޓުމާއި، ގަވާއިދުން ރިވިއު ކުރުމުގެ މަސައްކަތް ކުރުމާއި، މި ފަހުމުނާމާ ތަކާގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައް ކުރުން.
- ކޮމިޝަނުގެ ފަރާތުން ސޮއިކުރަން ކަނޑައަޅާ އެމް.އޯ.ޔޫ ފަދަ އެއްބަސްވުންތަކުގެ ތެރެއިން އާންމު އެމް.އޯ.ޔޫތަކުގައި ސޮއިކުރުމާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، ކޮމިޝަނާއި ބައިނަލްއަގުވާމީ އަދި ޤައުމީ ޖަމްއިއްޔާތަކާއި އަދި އެނޫންވެސް ސްޓޭކްހޯލްޑަރުންނާއެކު ގުޅުން ބަދަހިކުރުމަށާއި، އެއްބާރުލުން އިތުރުކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖައްސައި، ބައްދަލުވުމަށް ތައްޔާރުވުމުގެގޮތުން ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ޓޯކިން ޕޮއިންޓްސް ދުރާލާ ތައްޔާރުކޮށް މިދަފަ ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ގަވާއިދުން ބެލެހެއްޓުން.
- ކޮންމެ އަހަރަކު ކޮމިޝަނަރސް ބިއުރޯ އަދި މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓްގެ އެނުއަލް ވަރކްޕްލޭން ތައްޔާރުކޮށް، އެއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން.
- ކޮމިޝަނުގެ މެންބަރުންނާ އަދި ކޮމިޝަނުގެ ބައްދަލުވުންތަކާ ގުޅޭ ގަވާއިދުތަކާއި، އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތަކާއި ގައިޑްލައިންތައް ކުލަވާލުމާއި، ގަވާއިދުން މި ތަކެތި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަދާހަމަކޮށް ބެލެހެއްޓުން.
- ކޮމިޝަނަރސް ބިއުރޯގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓްގެ މެންޑޭޓްގައި ހިމެނޭ މަސައްކަތްތައް ކުރުން.
- ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ކޮމިޝަނުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކަނޑައެޅޭ މުވައްޒަފުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާއި އިންތިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ހަމަޖެހިފައިވާ އުސޫލުން ގެނެސް، އެ ކަންކަން ޤާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަވެ، ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ވެބްސައިޓް އަދި ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް މަޢުލޫމާތު ފޯރުވައިދިނުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް އަދި ހުރިހާ ސޯޝަލް މީޑީޔާ އަދި ކޮމިޝަނުގެ ޑިވިޜަނެއް ކަމަށްވާ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވެބްސައިޓް އަދި ހުރިހާ ސޯޝަލް މީޑީޔާ ކަންކަން ބަލަހައްޓައި، ގަވާއިދުން އަޕްޑޭޓްކުރުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއިން ރައްޔިތުންނަށްދޭ ޚިދްމަތްތަކުގެ ފެންވަރުމަތިކޮށް ޒަމާނީ އުސޫލުތަކާއެއްގޮތަށް ދިނުމާގުޅޭގޮތުން ޕަބްލިކް ރިލޭޝަންސް ކެމްޕޭންތައް ފަރުމާކޮށް އެކަންކަން ހިންގައި ބެލެހެއްޓުން.
- މީސްމީޑިއާއަށް ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދޭންޖެހޭ ޚަބަރާއި މަޢުލޫމާތު އަދި ނޫސްބަޔާން ފަދަ ތަކެތި ތައްޔާރުކޮށް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން އާންމުކުރުން.
- ކޮމިޝަނުން މީޑިއާއަށް ދިނުމަށް ކަނޑައެޅިފައިވާ މަޢުލޫމާތު ކޮމިޝަންގެ މީޑިއާ އުސޫލާ އެއްގޮތަށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާ އެ މަޢުލޫމާތު މީޑިއާއަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
- ކޮމިޝަނުން ހިންގާ އެކިއެކި ޙަރަކާތްތައް، އެޙަރަކާތެއް ފެށުމުގެ ކުރީންނާ، ޙަރަކާތް ހިނގަމުންދާއިރު މީސްމީޑިއާ މެދުވެރިކޮށް ޢާއްމުންނަށް މަޢުލޫމާތު ޙިއްޞާކުރުން.
- ކޮމިޝަނުން ހިންގާ އެކިއެކި ޙަރަކާތްތައް މީސްމީޑިޔާއާއި އެހެނިހެން ވަޞީލަތްތަކުގެ ބޭނުންކޮށްގެން ޕްރޮމޯޓުކުރުން.
- ކޮމިޝަންގެ ފަރާތުން ޚަބަރު ފަތުރާ އެކި އިދާރާތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމާއި ކޮމިޝަނާބެހޭ މަޢުލޫމާތު ދިނުމަށް މީޑިއާތަކަށް އެރުމުގެ އިންތިޒާމުތައް ހަމަޖައްސާ ކަމާބެހޭ މުވައްޒަފުން އެ ތަންތަނަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ އަދި ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވެބްސައިޓުގައިވާ ކޮންޓެންޓުތައް/މަޢްލޫމާތުތައް ދުވަހުން ދުވަހަށް ބަލައި އިސްލާހުކޮށް، އަދާހަމަކުރަންޖެހޭ މަޢްލޫމާތުތައް ކަމާބެހޭ ސެކްޝަންތަކުން ނުވަތަ މުވައްޒަފުން މެދުވެރިކޮށް ހޯދައި ދުވަހުން ދުވަހަށް މަޢްލޫމާތުތައް އަދާހަމަކުރުން.
- ކޮމިޝަންގެ މަސައްކަތްކަތާއި، ކޮމިޝަނުން އެކުލަވާލާ އެކި އުސޫލުތަކާއި، ކޮމިޝަންގައި ޢަމަލުކުރެވޭ އެކި އުސޫލުތަކަށް ގެނެވޭ ބަދަލުތަކާއި، ކޮމިޝަނުން ބައިވެރިވާ އެކި ސެމިނާ ވަރކްޝޮޕް ބައްދަލުވުންތަކާއި، ކޮމިޝަންގެ ފަރާތުން އެކި ޤައުމުތަކަށާއި އިދާރާތަކަށް ކުރެވޭ ޒިޔާރަތްތަކާއި، ކޮމިޝަނަށް އެކިފަރާތްތަކުން ކުރާ ޒިޔާރަތްތަކާއި، ކޮމިޝަންގެ މަސައްކަތްތަކާގުޅޭ ތަފާސްހިސާބުތަކާއި، ކޮމިޝަނުން ރާވާ އެކި އިވެންޓްތަކާއި އެ ހުރިހާ ކަންކަމާގުޅޭ ޚަބަރުތައް ކަމާބެހޭ ސެކްޝަންތައް ލައްވާ އުފައްދައި، އެތަކެތި ޗެކުކޮށް ކޮމިޝަންގެ ވެބްސައިޓާއި މީސް މިޑީއާގެ ވަސީލަތްތަކުގައި ޝާއިޢުކޮށް ޢާއްމުކުރުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓާއި އިންސްޓިޓިއުޓްގެ ވެބްސައިޓަކީ ބޭނުންތެރި މަޢުލޫމާތު ހިމެނޭ ވެބްސައިޓަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ މުވައްޒަފުންނާގުޅިގެން ގެނައުން.
- ކޮމިޝަނަރސް ބިއުރޯ އަދި މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓްގެ އަހަރީ ބަޖެޓް އަދި އަހަރީ ސްޓްރެޓެޖިކް ޕްލޭން އަދި އެކްޝަން ޕްލޭން އެކުލަވާލުން
- ކޮމިޝަން މެންބަރުންނާއި، ކޮމިޝަނުގެ މުވައްޒަފުން ރަސްމީގޮތުން އަތޮޅުތަކަށާއި، ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ އިންތިޒާމާއި، ޕްރޮޓޮކޯލް ހަމަޖެއްސުން.
- ސްޕަވައިޒަރު އެސައިން ކުރާ ކޮމިޝަނުގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، މި ބައްދަލުވުންތަކުގެ އިދާރީކަންކަން ބަލަހައްޓައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
- ކޮމިޝަނުން ނިންމާ ނިންމުންތައް ޑޮކިއުމެންޓްކޮށް އަމަލުކުރުމަށާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ ޑިވިޜަން، ސެކްޝަން، އަދި ޔުނިޓްތަކަށް ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ލަސްނުކޮށް ފޮނުވުމާއި، ނިންމުންތައް ފަސޭހައިން ފެންނާނެހެން ބެލެހެއްޓުން.
- ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކޮމިޝަން މެންބަރުންގެ އިދާރީ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި، އަމަލީގޮތުން ކުރުން.
- ކޮމިޝަންގެ ޖަލްސާކުރާ މާލަންތަކުގެ އިންތިޒާމްތައް ގަވައިދުން ހަމަޖެހިފައި ހުރޭތޯ ދުވަހުން ދުވަހަށް ޔަގީން ކުރުން.
- މީގެ އިތުރުންވެސް ކޮމިޝަނަރސް ބިއުރޯގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް ރިލޭޝަން ނުވަތަ މާކެޓިންގ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން،
ނުވަތަ
މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް ރިލޭޝަން ނުވަތަ މާކެޓިންގ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 2 އަހަރުދުވަހު މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން،
ނުވަތަ
މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 3 އަހަރުދުވަހު މަސައްކަތްކޮށް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވުން،
ނުވަތަ
މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 6 އަހަރުދުވަހު މަސައްކަތްކޮށް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވުން،
ނުވަތަ،
CSC4-2 ގްރޭޑްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން އެންމެ ފަހުން މި ގްރޭޑްގައި ވަޒީފާއަދާކުރި 2 އަހަރު %85 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ހޯދާފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
- އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ ތަޖުރިބާ (5 އިންސައްތަ)
- އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
- އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 5 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 17 ޖުލައި 2022 އާ 23 ޖުލައި 2022 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307359/3307357 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|