މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޕަވަރ ހަބް ގަތުން

އިޢުލާން

 

ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެ

 

މި ބިއުރޯއިން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް ތިރީގައި މިދަންނަވާއި ތަކެތި ގަތުމަށް ބޭނުންވެއްޖެ.

 ވީމާ، މިތަކެތި ވިއްކެވުމަށް އެދިލައްވާ ފަރާތްތަކުން 2022 ޖުލައި މަހުގެ 7 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯ ހިގަމުންދާ އިމާރާތް، ދާރުލްއީމާން ބިލްޑިންގ ގެ  8ވަނަ ފަންގެފިލާގެ މީޓީންގ ރޫމްއަށް ވަޑައިގެން  އަގު ހުށަހެޅުއްވުން އެދެމެވެ.

 

- 250 ޔޫއެސްބީ ޕަވަރހަބް

 މިބީލަމާއިބެހޭ މައުލޫމާތު ކަރުދާސް އަދި ގަންނަން ބޭނުންވާ ތަކެތީގެ ސްޕެސިފިކޭޝަން މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް  http://www.statisticsmaldives.gov.mv   އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2022 ޖުލައި މަހުގެ 6 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު  [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރިވިކަން ޔަގީން ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.

 

އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.

30 ޛުލްގައިދާ 1443

29 ޖޫން 2022

29 ޖޫން 2022
ހޯދާ