ދިވެހިރާއްޖެ
ސުރުޚީގައި ބަޔާންކޮށްފައިވާ މަޝްރޫޢުގެ ދަށުން ފެން މީޓަރާއި، ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކުރެވުނު މިއިދާރާގެ ނަންބަރު 269/269/2022/6(IUL) (25 ޖަނަވަރީ 2022) އިޢުލާނާ ގުޅިގެން އަދިވެސް ބައެއް ގޭގެއިން އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާފައިނުވާކަން ފާހަގަކުރެވިފައިވާތީ އެފަދަ ފަރާތްތަކަށް ފޯމް ހުށަހެޅުމަށް އިތުރު ފުރުޞަތެއް ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މިފަދަ ފަރާތްތަކުގެ ގޭގެއަށް ކަނެކްޝަން ގުޅައިދެވޭނެކަން ނިންމާ، ފައިނަލް ކުރާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކަމާބެހޭ ފަރާތްތަކުން ބަލާ ޗެކުކުރުމަށް ފަހުގައެވެ.
އިސްވެ ދެންނެވުނު އެޕްލިކޭޝަން ފޯމު ހުށަހެޅުމުގައާއި ބަލައިގަތުމުގައި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލުކުރަންޖެހެނީ މިކަމަށްޓަކައި މިހާރު ޢަމަލުކުރެވެމުންދާ ޤަވާޢިދު ނަންބަރު އާރު-10/ 2020 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 13 ވަނަ މާއްދާއާ އެއްގޮތަށެވެ. އަދި ފީއަކާނުލާ ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގުޅައިދިނުމުގައި ބެލެވޭނީ މި ޤަވާޢިދުގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ.
ވީމާ، މި ޤަވާޢިދާ އެއްގޮތަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 2022 ޖުލައި 06 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. މިކަމަށް އެދޭ އެޕްލިކޭޝަން ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކަމާގުޅޭ ޤަވާޢިދު ނަންބަރު އާރު-10/ 2020 މި އިދާރާގެ ވެބްސައިޓް www.vaikaradhoo.gov.mvއިން އަދި މި އިދާރާގެ ކައުންޓަރުން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާނޭ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.