މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ށ.ފުނަދޫ ސްކޫލުގައި 16 ކްލާސްރޫމާއި ހޯލް ޢިމާރާތް ކުރުމަށް

ޕްރޮޖެކްޓް ނަންބަރު: TEB/2014/99

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1. މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ އެދިލެއްވުމުގެ މަތިން، ށ.ފުނަދޫ ސްކޫލުގައި 16 ކްލާސްރޫމާއި ހޯލް ޢިމާރާތް ކުރުމަށް މިމނިސްޓްރީއިން ކުރެވުނު ނަންބަރު IUL)13-K/13/2014/239) އިޢުލާނަށް ހުށަހެޅުނު ބީލަންތައް ބާޠިލުކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އެކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. 01 އެޕްރީލް 2014 އިން ފެށިގެން މިމިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01 ގެ ގްރޭޑް 1، 2 އަދި 3 އަށް ކޮލިފައިވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.

3. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/50,000ރ (ފަންސާސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

4. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 29 ސެޕްޓެންބަރު 2014 އިން 12 އޮކްޓޫބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 13:30 އަށް މި މިނިސްޓްރީއިންނެވެ. ބީލަމުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފީއަކީ -/500 (ފައްސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

5. އަދި މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 އޮކްޓޫބަރު 2014ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

6. ބިޑް ހުޅުވުން އޮންނާނީ 13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

25 ސެޕްޓެންބަރު 2014
ހޯދާ