މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނީލަން

             މިކުންފުނީގެ (އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިވިޜަން) ގެ ތިލަފުށި ސައިޓުގައިހުރި (ގާތްގަނޑަކަށް) 100 ޓަނުގެ ބާދަނގަޑުތަކެއްވަނީ ޙާއްސަ ނީލަމުގައި ވިއްކާލުމަށް ނިންމާފައެވެ. އަދި މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.  

1- ނީލަން ކިއުން އޮންނާނީ 3 ޖުލައި 2022 ވާ އާދިއްތަ ދުވަހު 14:00 ގައި އެމްޓީސީސީ ޓްރޭޑިންގ ޑިވިޜަން، ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) ގައެވެ.

2- މިތަކެތި ބައްލަވައިގަންނަވަން ބޭނުންވެލައްވާ ފަރާތްތަކުން 2 ޖުލައި 2022 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން 10:00 އަށް އެމްޓީސީސީ  ޓްރޭޑިންގ ޑިވިޜަން  ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) އަށް ވަޑައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ.

3- މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 2 ޖުލައި 2022  ވާ ހޮނިހިރު ދުވަހު މެންދުރުފަހު 14:00 އިން 15:30 އަށް އެމްޓީސީސީ ތިލަފުށިސައިޓަށް ވަޑައިގެން  ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.

4- މި ނީލަމުގައި ބައިވެރިވެވޭނީ އެމްޓީސީސީ  ޓްރޭޑިންގ ޑިވިޜަންގަ ރަޖިސްޓްރީވެ އަދި ޙާއްސަ ނީލަމުގެ އިޢުލާނުގައިވާ ކަންތައްތަކަށް އިޤުރާރުވާ ފަރާތްތަކަށެވެ.

5- މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް 100,000/-ރ (އެއްލައްކަ ރުފިޔާ) އެމްޓީސީސީގެ ބެންކް އެކައުންޓް ނަންބަރ  003-100668-7701 އަށް 3 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ ހެދުނު 9:00 އާއި 11:00 ދެމެދު ޖަމާކުރަން ވާނެއެވެ. އަދި 11:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

6- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.

7- ނީލަން ފެށޭނީ ޓަނަކަށް -/2000 ( ދެހާސް ރުފިޔާގެ )  ރޭޓުންނެވެ.

8- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.

9- ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.      

10- ނީލަންނިމޭތާ 4 ދުވަހުގެ ތެރޭގައި ބާދަގަނޑުތަށް އެތަނުންގެންގޮސް ނިންމަންވާނެއެވެ.

11- 100 ޓަނަށް ވުރެ އިތުރުވާކަމުގައި ވާނަމަ އިތުރުވާ ޓަނުގެ ފައިސާ ދައްކާ ޙަލާސް ކުރަންވާނެއެވެ. އަދި 100 ޓަނަށް ވުރެ މަދުވާނަމަ ރީފަންޑް ޕްރޮސެސް ކޮށްދޭނެއެވެ.

12- މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 1650 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

29 ޖޫން 2022
ހޯދާ