ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:URH/IUL/2014/16 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި ގިނަ މައްސަލަތަކެއް ހުރުމާ ގުޅިގެން، އެ އަންދާސީހިސާބުތައް ބާޠިލު ކުރުމަށްފަހު، އަލުން މިމަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މި ޞިއްޙީ މަރުކަޒު މަރާމާތުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 2:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 2:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
01 ޛުލްޙިއްޖާ 1435