ދިވެހިރާއްޖެ
މި މިނިސްޓްރީގެ ވޭން (B1A4486) ގެ އިންޖީނު ބަދަލު ކުރުމާއި އެހެނިހެން މަރާމާތުކުރުމާއި އެމްބިއުލާންސެއްގޮތުގައި ބޭނުން ކުރުމަށް މޮޑިފައި ކުރުމަށް ބޭނުންވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)23-AP/1/2014/177) އާ ގުޅިގެން ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، މި މިނިސްޓްރީގެ ވޭން (B1A4486) ގެ އިންޖީނު ބަދަލު ކުރުމާއި އެހެނިހެން މަރާމާތުކުރުމާއި އެމްބިއުލާންސެއްގޮތުގައި ބޭނުން ކުރުމަށް މޮޑިފައި ކުރުމަށް ބޭނުންވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 އޮކްޓޫބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އޮކްޓޫބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
01 ޛުލްޙިއްޖާ 1435