މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތަށް ޕޫލު އެކުލަވާލުން:

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ (ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުން)

އުޖޫރަ ދިނުމަށް ކަނޑައަޅާފައިވާ ގޮތް:

މަޤާމު

ވަގުތު

އުޖޫރަ

އެލަވަންސް

ޖުމްލަ

މަސައްކަތު

2 ގަޑިއިރު

-/45ރ @

-

-/90ރ

 

މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތް

ހ- ކުނިކެހުމުގެ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރިފަރާތްތައް ދެނެގަތުމަށް ކުރެވޭ އިއުލާނަށް ކުރިމަތި ލައްވާ ފަރާތްތައް އިންޓަވިއު ކުރުމަށް ފަހު އެކަމަށް އެކަށީގެންވާމީހުން ދެނެގަތުމުގައި މާކުސްދޭނެ މިންގަޑު ތަކާއއި އުމުރުފުރާ އަކީ

1-      އުމުރުން 65 އަހަރާއި 15 އަހަރާއި ދެމެދުގެ މީހަކަށްވުން.( 18 އަހަރުންދަށުގެ ކުދިންނަމަ ބެލެނިވެރިޔާގެ އިޢުތިރާޒު ނުކުރާކަމުގެ ލިޔުމެއް އޮތުން)

2-      އަސާސީ ތައުލީމުގެ ފެންވަރަށް ލިޔަން ކިޔަން ދަތުން.

3-      ޖިސްމާނީގޮތުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

4-      ކައުންސިލުން ކަނޑައަޅާ ދުވަސްތަކެއްގައި ކުނިކެހުމުގެ މަސައްކަތުގައި އުޅުމަށް ހުރަސްއެޅޭފަދަ އިތުރު ވަޒީފާއެއްގައި އުޅޭ މީހަކަށް ނުވުން.

ނޯޓް: މި ވަޒީފާތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ދެ ޖިންސަށްވެސް އޮންނާނެއެވެ.

މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތް:

Ü   މަސައްކަތު:

ހ- މަސައްކަތް ކުރަންހަމަޖެހިފައިވަނީ އާއްމުގޮތެއްގައި ކޮންމެހަފަތާއެއްގެ 5 ދުވަހު ( އާދިއްތަ، ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި ) ދުވާލަކު 2 ގަޑި އިރު އެވެ.

ށ- ޚާއްޞަ ހާލަތްތަކުގައި ކައުންސިލުން ކަނޑައަޅާ ސަރަހައްދެއް ސާފުކޮށް ނިމެންދެން މިހާލަތުގައި ކުރާމަސައްކަތައްވެސް އުޖޫރަ ހަމަޖައްސާނީ އާއްމުކޮށް ދުވަހު އުޖޫރަ ދިނުމަށް މި އުސޫލުގެ ( ބ ) ގައި ބަޔާން ކުރެވިފައިވާ ގޮތަށެވެ.

ނ- އިޖްތިމާއީ ސަރަހައްދުތަކުގައި ހުރި ގަސްގަހާގެހިން ކޮށާލަން ޖެހޭ ބައިތައް ކޮށާ އުކާލުމުގެ މަސައްކަތްވެސް ކުރަންވާނީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު ތަކުގައެވެ.

ރ- މިކައުންސިލުގެ ފަރާތުން ރަށުގެ އެކިސަރަހައްދުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކުގައި ހުންނަ ކުނިތައް އުކާލުމާއި އެޑަސްބިންތައް ބެލެހެއްޓުން.

ޝަރުޠުތައް:

 

މަޤާމުގެ ޝަރުޠުތައް:

 

  1. ލިޔަންކިޔަން އެގުން.

 

ނޯޓް:

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:

-       ސްކްރީނިންގ މަރުޙާލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުން ބަލައިގެންނެވެ. ނުވަތަ،

-       ލިޔަންކިޔަން އެންގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

ކުނިކަހާމީހުންގެ މައިގަޑު މަސްއޫލިއްޔަތު:

 

ހ- ސުޕަވައިޒަރު އަންގާ ގަޑިއަކަށް، ސަރަހައްދަށް ނުކުމެ ކުނިކެހުމުގެ މަސައްކަތް އަމަލީގޮތުން ކުރުން.

ށ- ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ އިޖުތިމާޢީ ސަރަހައްދުގައި ހުރި ގަސްގަހާގެހިން ހިނގާބިނގާވާ މީހުނަށް ދަތިވާގޮތައް ހުންނަ ގަސްގަހާގެހީގެ ގޮފިތައް، ފަންތައް ސުޕަވައިޒަރު އަންގާ ގޮތަކަށް ކޮށާ އުކާލުން.

ނ- އެކި މުނާސަބަތާއި، ޚާއްސަ ހާލަތްތަކުގައި އިޖުތިމާއީސަރައްދު ކުނިކަހާ ސާފުކޮށްލަން ކައުންސިލް އިދާރާއިން ބޭނުންވެއްޖެ ހާލަތެއްގައި އެ މަސައްކަތައް ނުކުމެ ސުޕަވައިޒަ އަންގާގޮތެއްގެ މަތިން އެމަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1. ފުރިހަމަކޮށްފައިވާ ވަޒިފާއަށް އެދޭ ފޯމް (މި ފޯމު މިއިދާރާގެ ވެބުސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

(http://www.mulah.gov.mv/Uploads/Downloads/1655999960.pdf)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީ- މެއިލް އެޑްރެސް ހިމެނޭގޮތައް)

 

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

  1. ޚާއްޞަ ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތެއްނަމަ ޑޮކްޓަރގެ ލިޔުން، ނުވަތަ ޑޮކްޓަރ ސެޓްފިކެޓްގެ އަސްލު.

މަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެބައިތައް

ޕޮއިންޓް

އިންސައްތަ

(%)

ކެޓެގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމު

ލިބިފައިވާ ތަޢުލީމު

25

10

10

މަސައްކަތުގެ ތަޖުރިބާ

ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

20

30

30

ލިބިފައިވާ ހުނަރު

އިންޓަވިއު

100

60

60

ޖުމްލަ

 

145

100

100

ނޯޓް:

- މި މަސައްކަތަށް އައްޔަންކުރެވޭނީ، މަސައްކަތަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 30% (ތީރީސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

- މި ކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް، ތަޢުލީމާއި ތަޖުރިބާގެ ބަޔަށް ޕޮއިންޓްދޭނީ ޝަރުތު ހަމަކުރުމަށް ބޭނުންކުރި ތަޢުލީމީ ލިޔުންތަކަށެވެ. މިކްރައިޓީރިއާގައި ހިމެނޭ މަސައްކަތަށް ޕޮއިންޓް ދިނުމުގައި ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލު 2021 ގައިވާ ގޮތުގެމަތިން ނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މި މަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖުލައި 06 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

 

މި މަސައްކަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަސައްކަތަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު 2022ޖުލައި 18އާއި 21  އާ ދެމެދު، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ ގައެވެ.

"މަސައްކަތަށް އެދި ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާ އިން އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720601 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

މި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މުލަކު ކައުންސިލގެ ވެބްސައިޓުން ޑައުންލޯޑް (http://www.mulah.gov.mv/Uploads/Downloads/1655999960.pdf )ކުރެވެން ހުންނާނެއެވެ.

 

 

28 ޖޫން 2022
ހޯދާ