އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ހިމަންދޫ ބަނދަރު ސަރަޙަދުގައި ހުރި 17 ރުކުގެ ވަށައި ފާރު ރޭނުމާއި ގުޅޭ
                                އިޢުލާން
| 
 ބަނދަރު ސަރަޙައްދުގައި ހުރި 17 ރުކުގެ ވަށައިގެން ވަށްބުރު ރޭނުމާއި ގުޅޭ 
  | 
ބުރު ރޭނުމާއި ގުޅޭ
- ހިމަންދޫ ބަނދަރު ސަރަޙައްދުގައި ހުރި 17 ރުކުގެ ވަށައިގެން ބުޑު ރޭނުމަށް ސަޢުޤުވެރިވާ ފަރާތްތަކުން 2022 ޖުލައި 06 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައި އޮންނަ ބިޑް ކޮމިޓީ ބައްދަލުވުމަށް ދުރުވެ މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބަލައި އިސްވެދެންނެވުނު ގަޑީގައި ބިޑު ކެނޑުން ބިޑް ހުށަހެޅި ފަރާތްތަކުގެ ހާސިރުގައި އޮންނާނެއެވެ.
 
- ބިޑް ރަޖިސްޓްރޭޝަން
 
2022 ޖުލައި 05 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.
- ވިޔަފާރީގެ ނަން
 - ވިޔަފާރި ރަޖިސްޓްރީ ނަންބަރު
 - ވެރިފަރާތުގެ ނަން
 - ވެރިފަރާތާއި ގުޅޭނެ ނަންބަރު
 - އީމެއިލް އެޑްރެސް
 
5 އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
 - އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
 - ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
 
" ބަނދަރު ސަރަޙައްދު ރުއްތަކުގެ ބުޑު ރޭނުން "
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
އއ.ހިމަންދޫ/ ދިވެހިރާއްޖެ
- 6. ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
 - ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
 - ވިޔަފާރީގެ ޕްރޮފައިލް ( މަޢުލޫމާތު ފޯމް ) މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ
 - އަންދާސީ ހިސާބު ހުށަހަޅާ ފޯމް (މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ )
 - 7. ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
 
ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:
- އަގު %85
- މުއްދަތު
- ތަޖުރިބާ % 5
- އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
 - އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތެވެ.
 - އަންދާސީ ހިސާބު އިވެލުވޭޓްކުރުމުގައި އެންމެ ދިގު ވޮރަންޓީ މުއްދަތު، ވޮރަންޓީގެ ބެންޗްމާކުގެ ގޮތުގައި ބަލާނެއެވެ.
 - ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
 - ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
 
- 1. އިތުރު މަޢުލޫމާތު ސާފުކުރުން
 - މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 ޖުލައި 05 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
 
އީމެއިލް އެޑްރެސް: [email protected]
- ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
 - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
 
މިހެންވެ މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
             28 ޖޫން 2022
            
        
                    ހޯދާ  
                
                