އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - އައްޑޫ ސިޓީ ހިތަދޫ ކުޑަކުދިންގެ ޕާރކްގައި އައިސްޑިލައިޓް ހިންގި ޢިމާރާތާއި ބިން ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އައްޑޫ ސިޓީ ހިތަދޫ ކުޑަކުދިންގެ ޕާރކްގައި އައިސްޑިލައިޓް ހިންގި ޢިމާރާތާއި ބިން (6714.97އަކަފޫޓް) ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  1. މިކަމާއި ގުޅޭ މައުލޫމާތު ޝީޓު އަދި ބިޑް ފޯމް 2022 ޖޫން 29 ވާ ބުދަ ދުވަހުން ފެށިގެން 2022 ޖުލައި 06 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށްދެއްވުން އެދެމެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ (ތިންސަތޭކަރުފިޔާ) އެވެ.  
  3. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2022 ޖުލައި 06ވާ ބުދަދުވަހުން ފެށިގެން 2022 ޖުލައި 13 ވާ ބުދަ  ދުވަހުގެ މެންދުރު 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2022 ޖުލައި 13 ވާ ބުދަ ދުވަހުގެ 18:00ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  4. ބީލަންތައްބަލައިގަތުމާއި،އަދިބީލަންހުޅުވުންއޮންނާނީ 2022 ޖުލައި 18 ވާ ހޯމަ ދުވަހުގެ 11:00ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް މެއިލް ކުރައްވާނީ ތިރީގައި މިދަންނަވާ އީމެއިލް އަށެވެ.

    އީމެއިލް: [email protected] 

28 ޛުލްޤަޢިދާ 1443

27 ޖޫން 2022

27 ޖޫން 2022
ހޯދާ