މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި ހޮސްޕިޓަލު އިމަރޖެންސީ ރެސްޕޮންސް ޕްލޭން ޓެސްޓްކުރުމުގެ ގޮތުން ސިމިއުލޭޝަން އެކްސަސައިޒުތައް (ޓޭބަލް ޓޮޕް އަދި ފަންކްޝަނަލް ނުވަތަ ފުލް ސްކޭލް) ހިންގުމާއި ގުޅުންހުރި ތަމްރީންތައް ހިންގުމަށް ކޮންސަލްޓެންޓެއް ހޯދުމާއި ގުޅޭ

 

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

 

    މިނިސްޓްރީ އޮފް ހެލްތު،

 

      މާލެ، ދިވެހިރާއްޖެ

 

ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ކޮންސަލްޓަންސީ މަސައްކަތެއް ހިންގުމަށް އިންޓަނޭޝަނަލް ކޮންސަލްޓަންޓުންގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކަށް

އާއްމު ސިއްހަތުގެ ކުއްލި ހާލަތްތަކާއި ގުދުރަތީގޮތުންނާއި އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން ކުރިމަތިވާ ހާދިސާތަކަށް ރައްކާތެރިވެ އަވަސް އެހީއާއި ފަރުވާ ދިނުމަށް ހޮސްޕިޓަލުތައް ތައްޔާރުވެ ތިބުމަކީ މިފަދަ ހާދިސާއެއް ހިނގާ އިރު ވީހާވެސް ގިނަ ބައެއްގެ ފުރާނަ ސަލާމާތްކޮށް ލިބޭ އަނިޔާއަށް ފަރުވާ ދިނުމަށް ވަރަށް މުހިއްމު ކަމެކެވެ. މިއޭޖެންސީ އިން 2015 އަހަރުން ފެށިގެން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ތައްޔާރީ ހާލަތު ޓެސްޓްކުރުމަށާއި ރަނގަޅުކުރުމުގެ ގޮތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. 17 ހޮސްޕިޓަލެއްގެ ހޮސްޕިޓަލް އިމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޮންސް ޕްލޭން ތައްޔާރުކުރެވި 14 ހޮސްޕިޓަލެއްގައި މިޕްލޭންތައް ޓެސްޓް ކުރުމަށް ވަނީ ޑްރިލް ކުރިއަށް ގެންދެވިފައެވެ. މީގެ އިތުރުން 2016 އަދި 2019ގައި ގައިން ގަޔަށް އަރާ، ގޮތް ނެނގޭ ބައްޔެއް ރާއްޖެ އެތެރެވާ ހާލަތެއްގައި ބޯޑަރ ހެލްތް އަދި އެއަރޕޯޓުގައި މަސައްކަތްކުރާ ތަފާތު އޭޖެންސީތަކުން އިޖާބަދޭންޖެހޭ ގޮތްތައް ދެނެގަތުމަށް އިމަރޖެންސީ ޑްރިލް ހިންގުނެވެ.

ކޮންސަލްޓަންސީގެ ދަށުން ކުރަން ބޭނުންވާ މައިގަޑު މަސައްކަތަކީ މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި ހޮސްޕިޓަލު އިމަރޖެންސީ ރެސްޕޮންސް ޕްލޭން ޓެސްޓްކުރުމުގެ ގޮތުން ސިމިއުލޭޝަން އެކްސަސައިޒުތައް (ޓޭބަލް ޓޮޕް އަދި ފަންކްޝަނަލް ނުވަތަ ފުލް ސްކޭލް) ހިންގުމާއި ގުޅުންހުރި ތަމްރީންތައް ހިންގުމެވެ.

ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް (ބަޖެޓާއެކު) 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެޗް ޕީ އޭ އަށް ހުށަހަޅައިދެއްވުންއެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކޮށްދެއްވުންއެދެމެވެ.

ނޯޓް: ޕްރޮޕޯސަލް ފޮނުވާ ފަރާތަކީ އަމިއްލަ ފަރާތެއްނަމަ ސީވީ، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެއްސެއްނަމަ އައިޑީ ކާޑުގެ ކޮޕީ ނުވަތަ ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީ  ހުށައަޅަން ވާނެވެ. އަދި ޕްރޮޕޯސަލް ފޮނުވާ ފަރާތަކީ ކޮމްޕެނީއެއްނަމަ ކޮމްޕެނީގެ ރަޖިސްޓްރޭޝަން ކޮޕީ އާއި ޖީ.އެސް.ޓީއަށް ރަޖިސްޓާރ ކޮއްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ ހުށައަޅަންވާނެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3014485 އަށް ގުޅާދެއްވުންއެދެމެވެ.

                         28 ޛުލްޤައިދާ 1443

27 ޖޫން 2022
ހޯދާ