ދިވެހިރާއްޖެ
އިޢުލާން
ބަހިއްޔާ ޕްރީ ސްކޫލް އިމާރާތުގައި ކުލަލުމަށް އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން
ބަހިއްޔާ ޕްރީ ސްކޫލް އިމާރާތުގައި މިކައުންސިލުން ކުލަ ފޯރުކޮށްދިނުމުން، ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ކުލަ ލައިދޭނެ ފަރާތެއްހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)320-FNP/320/2022/71 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެ.
ވިމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، [email protected] އަށް، 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފޮނުވަންވާނެއެވެ. މިމަސައްކަތާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9999745 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
26 ޛުލްޤައިދާ 1443
26 ޖޫން 2022
