ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުން:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު، ޤާނޫނު ނަމްބަރ: 2010/07 ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުވަރީ މަހާއި، ޖުލައި މަހު ސިޓީކައުންސިލުންނާއި، ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެކަމަށް ލާޒިމްކޮށްފައިވެއެވެ. މިގޮތުން ޖުލައިމަހުގައި ބާއްވާ އާއްމު ބައްދަލުވުމުގައި ވޭތުވެދިޔަ 6 މަސް ދުވަހުގެ ރިޕޯޓާއި، ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލުހޯދަންވާނެކަން ބަޔާން ކޮށްފައިވެއެވެ. އެހެންކަމުން ޖުލައިމަހުގައި ބާއްވަންޖެހޭ ރައްޔިތުންގެ ބައްދަލުވުން 05 ޖުލައި 2022 ވާ (އަންގާރަ) ދުވަހުގެރޭ 21:00 ގައި މަލްޓިޕަރޕަސް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިބައްދަލުވުމުގައި ވީހާ ގިނަބަޔަކު ބައިވެރިވެދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޛުލްޤަޢިދާ 1443ހ
26 ޖޫން 2022މ