ދިވެހިރާއްޖެ
ނަންބަރު: (IUL)471-CDS5/471/2022/155
އިޢުލާން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ހައުސިންގ ޑިޕާޓްމަންޓްގެ އިންޓީރިއަރ މަސައްކަތްތައް ފުރިހަމަކޮށް ފަންނީ ލަފާދިނުމަށް 1 އަހަރު ދުވަހަށް ޓެކްނިކަލް އެސިސްޓަންސް ދޭނެ އިންޑިވިޖުއަލް ނޭޝަނަލް ކޮންސަލްޓަންޓެއް މިމިނިސްޓްރީން ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި ޢިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
މަޤާމު |
އަދަދު |
އިންޑިވިޖުއަލް ނޭޝަނަލް ކޮންސަލްޓަންޓް |
01 |
ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޖުލައި 03 ވާ އާދީއްތަ ދުވަހު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ނޭޝަނަލްޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ޓީ. އޯ. އާރ ގައިވާ ގޮތަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހިއުމަން ރިސޯސް ސެކްޝަން / މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 4004707 / 4004717
އީ-މެއިލް: [email protected] ވެބްސައިޓް: www.planning.gov.mv
27 ޛުލްޤަޢިދާ 1443