ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން
މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯމް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނުނު ނަމްބަރ: 2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނުނު ނަމްބަރ: 2014/19 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 28 ޖޫން 2022 ން 30 ޖޫން 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8.30 އިން 13.30 އަށް ، ނަމްބަރ 7904937 އަށް ގުޅައިގެން ނުވަތަ މި ސްކޫލުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
2. މި ޕްރޮޖެކްޓަރ ގުޅޭ އެއްވެސް ސުވާލެއް ވާނަމަ 30 ޖޫން 2022 ވާ ބުރާސްފަތިދުވަހުގެ 13.30 ގެ ކުރިން މި ސްކޫލުގެ [email protected] އަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
3. މި ޕްރޮޖެކްޓަރ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14.00 ގައި ގާދިއްފުށީ ސްކޫލުގައެވެ. ( މި ބައްދަލުވުމަށް ވަޑައިނުގަނެވެސް ބީލަން ހުށަހެޅިދާނެއެވެ. ) ބައްދަލުވުން ބޭއްވޭނެގޮތް ނަންނޯޓް ކުރި ފަރާތްތަކަށް ފަހުން އެންގޭނެ ކަމުގައި ދަންނަވަމެވެ.
4. ބީލަން ހުޅުވުން އޮންނާނީ 04 ޖުލައި 2022 ވާ ހޯމަ ދުވަހު 10.00 ގައި ގާދިއްފުށީ ސްކޫލުގައެވެ.
5. މި ޕްރޮޖެކްޓަރ ގުޅޭ ބީލަން ފޮތް މި ސްކޫލުން ލިބެން ހުންނާނެއެވެ.
6. އިތުރު މަޢުލޫމާތި 7904937 އަށް ގުޅައިގެން ސާފްކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.