ދިވެހިރާއްޖެ
މި ކޮމާންޑުން މަލްޓިފަންކްޝަން ކަލަރ ޕްރިންޓަރ – ވޯކް ސްޓޭޝަންއެއް ގަންނަން ކުރި ޢިއުލާން IUL)453-LTM-2/1/2022/25) އާއި ގުޅިގެން އަގުހުށަހެޅި ފަރާތްތަކުން އެކަށީގެންވާ އަގެއް ހުށަހަޅާފައި ނުވާތީ މި މަސައްކަތަށް އަލުން ކުރިމަތި ލުމަށް ފުރުޞަތު ހުޅުލުވާލަމެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ދޭ ސްޕެސިފިކޭޝަން އާއި އެއްގޮތަށް މަލްޓިފަންކްޝަން ކަލަރ ޕްރިންޓަރ – ވޯކް ސްޓޭޝަން އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2022 ޖުލައި 07 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާރޓާސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2022 ޖޫން 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2022 ޖުލައި 06 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ކޮމާންޑްގެ ޕާސް އެޑްމިން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަމްބަރ އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2022 ޖުލައި 06 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަރޓާޒްގައެވެ.