ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސްޓިމޭޓް އިންޖިނިއަރ

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވުން

- މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާހުރުން

- ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭމީހަކު ކަމުގައިވުން

މަޤާމްގެ މައްސޫލިއްޔަތު:

- ރިޕެއަރކުރާ އަދި ބަންނަ އުޅަނދުގެ އިތުރުން ބޯޓްޔާރޑް މެދުވެރިކޮށް އެހެނިހެން ޕްރޮޖެކްޓްތަކަށް ބޭނުންވާ މެޓީރިއަލް ކުއެންޓިފައިކޮށް ލޮޖިސްޓިކް/ލޭބަރ ކޮސްޓް އެސްޓިމޭޓްކުރުން.

- ހިންގޭ ޕްރޮޖެކްޓްތަކުގެ ޕްރޮފިޓަބިލިޓީ އެންޝުއަރކުރުމާއި އަދި ޕްރޮޖެކްޓްތަކަށް ބޭނުންވާ ޢަދަދަށްވުރެ އިތުރު ނުވާނޭހެން އަދި މަދު ނުވާނެ ގޮތަށް މެޓީރިއަލް އަދި މޭން އަވަރ/މެޝިން އަވަރ އެސްޓިމޭޓް ހެދުން.

- ތަފާތު ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން ބޯޓްޔާރޑުން ކުރެވޭ މަސައްކަތްތަކުގެ ޑާޓާތައް ޕްރޮސެސްކޮށް އަދި ކޮމާޝަލް މަސައްކަތުގެ އިންވޮއިސް ރެއިސްކުރުން.

- ކޮންމެ ޕްރޮޖެކްޓެއްގެ މަންތްލީ ރިޕޯރޓް ތައްޔާރުކުރުން.

- ޕްރޮޖެކްޓްތަކަށް ބޭނުންވާ ޑައިގްރާމްތަކާއި، ލޭއައުޓްތައް ތައްޔާރުކުރުމާއި، ޕްރޮޖެޓްތަކަށް ބޭނުންވާ އެންމެހާ ލިޔެކިއުންތައް ހޯދުމާއި އަދި ވޯރކްފްލޯވ ތައްޔާރުކުރުން.

- އުޅަނދެއް ބަނުމަށް ދޭ ކުރެހުމާއި އެއްގޮތަށް ހުރިހާ ވައްތަރެއްގެ ސްޓީލް ކުއެންޓިފައިކުރުން.

- ހަވާލުވެފައިވާ މަސްޢޫލިއަޔަތުގެތެރޭގައި ހިމެނޭ ހުރިހާ ކުރެހުންތަކާއި އަދި އެންމެހާ ލިޔެކިޔުންތަކުގެ ރިކޯރޑްސް ބެލެހެއްޓުން.

މަހު މުސާރަ:

ދެފަރާތް އެއްބަސްވާ މުސާރަ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ތިލަފުށި ބޯޓްޔާރޑް - އިންޖިނިއަރިންގް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:

ދާއިމީ

 

މަޤާމް:

ޖޫނިއަރ އިންޖިނިއަރ

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

- މަސައްކަތާ ގުޅުންހުރި ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން

- މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާހުރުން

- މަގާމާއި ގުޅޭ ރިފްރެޝާ ކޯސްތައް ފުރިހަމަކޮށް ފައިވުން

- ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭމީހަކު ކަމުގައިވުން

މަޤާމްގެ މައްސޫލިއްޔަތު:

- އިންޖީން، ޖަނަރޭޓަރ، އަދި ބޭނުންކުރާ އާލާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.

- ބޯޓުފަހަރު އިންޖީނަށް ދިމާވާ މައްސަލަތައް ހައްލުކުރުން.

- އިންޖީން، ޖަނަރޭޓަރ އޯވަހޯލްކޮށް ބެލެހެއްޓުން.

- އިންޖީން، ޖަނަރޭޓަރ އަށް ބޭނުންވާ ސްޕެއާރ ލިސްޓް ތައްޔާރުކުރުން.

- ކުރަންޖެހޭ މަސައްކަތްތަށް ރާވާ ތާވަލްކޮށް ހިންގުން

މަހު މުސާރަ:

ދެފަރާތް އެއްބަސްވާ މުސާރަ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ތިލަފުށި ބޯޓްޔާރޑް - އިންޖިނިއަރިންގް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:

ދާއިމީ

 

މަޤާމް:

ވަޑި

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

02

ޝަރުތުތައް:

- ވަޑާމުގެ މަސައްކަތް ދަންނަ މީހެއްކަމުގައިވުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

- 1 ނުވަތަ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން  

- ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަހު މުސާރަ:

,000/-14 ރ އާއ ި /-15،000 ރ ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ތިލަފުށި ބޯޓްޔާރޑް - އިންޖިނިއަރިންގް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:

ދާއިމީ

 

މަޤާމް:

އޮފީސް އެސިސްޓަންޓް

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ހުރުން

މަޤާމްގެ މައްސޫލިއްޔަތު:

- އޮފީސް ފޮޅާ ސާފުކޮށް ބެލެހެއްޓުން

- މަސައްކަތްތަކާ ގުޅޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން

- ޑިޕާޓްމަންޓް ފޮނުވަންޖެހޭ އަދި ލިބޭ ލިޔެކިޔުންތައް ބެލެހެއްޓުން

- ޑިޕާޓްމަންޓަށް ހޯދަންޖެހޭ ތަކެތި ހޯދުމުގައި އެހީތެރިވެދިނުން

މަހު މުސާރަ:

11،000ރ އާއި 12،000ރ ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް ތިލަފުށި ބޯޓްޔާޑް

ވަޒީފާގެ ބާވަތް:

ދާއިމީ

 

މަޤާމް:

ސީނިއަރ ޑްރައިވަރ

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

03

ޝަރުތުތައް:

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

- ޑީއޯ ކެޓަގަރީ ވެހިކަލަސް ދުއްވުމުގެ ލައިސެންސް އޮތް މީހަކުކަމުގައި ވުން

- 1 ނުވަތަ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން  

- ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަހު މުސާރަ:

14,000/- ރ އާއ ި /-15،000 ރ ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ބައުޒަރ ސެކްސަން - ލޮޖިސްޓިކްސް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:

ދާއިމީ

ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސް 4 ވަނަ ފަންގިފިލާ އިންނެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ. 

22 ޖޫން 2022
ހޯދާ