މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބައްތި ދަނޑިތައް ހަދައި ޖަހައިދޭނެ ފަރާތެއް ހޯދުމާބެހޭ

ރ. މާކުރަތުގެ ކަރަންޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު އަމަލީ މަސައްކަތް 2006ގައި ފަށައި ރަށުގެ މަގުތަކާއި ގޯޅިތަކަށް އަލިކުރުމަށް ބޭނުންވާ ބައްތި ދަނޑި ޖެހުމަށް ކަރަންޓު ކޭބަލް އެޅިފައިވެއެވެ. މިގޮތުން މިހާތަނަށް ކަރަންޓް ކޭބަލް އަޅައި، ބައްތި ދަނޑި ނުޖެހި 31 ޕޮއިންޓެއް ވާކަން މި ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި މި ޕޮއިންޓުތަކަށް ބައްތި ދަނޑި ޖެހުމަށާއި އަލަށް ބައްތި ދަނޑި ޖެހުމަށް ބޭނުންވާ ޕޮއިންޓްތަކަށް ބޭނުންވާ ބައްތި ދަނޑި ހެދުމަށް ދަގަނޑު ހޮޅި ވަނީ މި ކައުންސިލުން ހޯދިފައެވެ.

ވުމާއެކު، މި ކައުންސިލުން ދަގަނޑުހޮޅި ދިނުމުން، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް 50 ބައްތި ދަނޑި ވެލްޑިންގކޮށް ކޮންކްރީޓް އަޅައި ކޮޅަށް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ރ. މާކުރަތު ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 12 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ގައި ރ. މާކުރަތު ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ.

މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

އިވެލުއޭޓުކުރުމުގައި މާކްސް ދެވޭ ބައިތައް ތިރީގައި މިވަނީއެވެ.

1- މަސައްކަތުގެ އަގަށް                          70 ޕޮއިންޓް

2- މަސައްކަތް ނިންމާނެ މުއްދަތު                     10 ޕޮއިންޓް

3- މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލުކަމަށް       10 ޕޮއިންޓް

4- މިފަދަ މަސައްކަތުގެ ތަޖުރިބާ                      10 ޕޮއިންޓް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ޛުލްޙިއްޖާ 1435

25 ސެޕްޓެންބަރު 2014
ހޯދާ