އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ބައްތިތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުން:

މަގުމަތީ ބައްތިތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުން:

މިރަށު މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް ޒަމާނީފެންވަރަށް އަޕްގްރޭޑްކުރުމަށްޓަކައި، މިއިދާރާއިން ކޮށްފައިވާ ނަމްބަރ: (IUL) C-352/2022/29(13 ޖޫން 2022)އިޢުލާނަށް ޝަވްޤުވެރިކަންފާޅުކޮށް އެއްވެސްފަރާތަކުން ބިޑްފޮތް ގަނެފައިނުވާތީ،  މިމަސައްކަތްތައް، ކޮށްދޭނެ ފަރާތެއް ހޯދަން 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ  13:30 އަށް  މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

     މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 05 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަމާއި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ބިޑްފޮތް ގަންނަ ފަރާތްތަކަށެވެ. ބިޑްފޮތުގެ އަގަކީ 300.00 ރުފިޔާއެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.             

26 ޛުލްޤަޢިދާ 1443

26 ޖޫން 2022 

26 ޖޫން 2022
ހޯދާ