މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަރުތީބު ދާއިމީ ލިސްޓް އާއްމު ކުރުމާއި، އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ލިބޭނެ ފަރާތް ހޮވުމަށް ގުރުއަތުލުން ބޭއްވުން

އިޢުލާން

އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށްޕޮއިންޓް ލިބުނުގޮތުގެ ތަރުތީބު ދާއިމީ ލިސްޓް އާއްމު ކުރުމާއި، އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ލިބޭނެ ފަރާތް ހޮވުމަށް ގުރުއަތުލުންބޭއްވުން

އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަރުތީބު ދާއިމީ ލިސްޓް 2022 ޖޫން 27 އިން ފެށިގެން ގެޒެޓްގައި ޝާއިޢު ކޮށްފީމެވެ. މި ލިސްޓް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ވެލާނާގެ 8 ވަނަ ފަންގިފިލާގެ ނޯޓިސްބޯޑް ގައާއި، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ/ އެދުރުހިޔާ 9 ވަނަ ފަންގިފިލާގެ ނޯޓިސް ބޯޑްގައި އަދި އެދުރުވެހީގެ ނޯޓިސް ބޯޑުގައި ބެހެއްޓުމުގެ އިތުރަށް، މިމިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv ގައި 2022 ޖޫން 27 އިން ފެށިގެން ޝާއިޢު ކޮށްފީމެވެ.

އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަރުތީބު ދާއިމީ ލިސްޓްގައި އެންމެމަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ލިބޭނެ ފްލެޓް ކަނޑައެޅުމަށް ބޭއްވޭ ގުރުއަތުލުން 2022 ޖުލައި 02 ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި، ދަރުމަވަންތަ ސްކޫލް ހޯލްގައި ކުރިޔަށް ގެންދާގޮތަށް ހަމަޖައްސައިފީމެވެ.

މިދެންނެވި ގުރުއަތުގައި ބައިވެރިވެދެއްވުމަށް ދައުވަތުއެރުވޭ ފަރާތްތަކުން 2022 ޖުލައި 02 ވާ ހޮނިހިރު ދުވަހުގެ ރޭ 8:00 އަށް، ދަރުމަވަންތަ ސްކޫލް ހޯލަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ.

27 ޖޫން 2022
ހޯދާ