ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށްހިފުމާއި ބެހޭ:

2 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށްހިފުމާއި ބެހޭ:

މި ހޮސްޕިޓަލްގެ ނަންބަރ (IUL)SH-FAH-PL/SH-FAH/2022/14 (25 މެއި 2022) އިއުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައި ނުވާތީ އެއިއުލާން ބާތިލުކޮށް އަލުން 02 ކޮޓަރީގެ އެޕާރޓްމެންޓެއް 02 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އިޢުލާންކުރަމެވެ.

            ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ޖޫން 2022 ވާ ހޯމަދުވަހުން ފެށިގެން 05 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ރެޖިސްޓްރީ ކުރުމަށްޓަކައި، މިއިއުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓްރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލުގެ މެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

           މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ.

           މިއިއުލާނާއިގުޅޭ އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ށ. އަތޮޅު ހޮސްޕިޓަލުގައެވެ.

           މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 06 ޖުލައި 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6540209 އަށް ގުޅުއްވުން އެދެމެވެ.

27 ޖޫން 2022
ހޯދާ