ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް އިދާރާ
އުލިގަން، ދިވެހިރާއްޖެ
ނަންބަރ:245/245/2022/30(IUL)
އިޢުލާން
"މަސްޖިދު މޫސާ ޢަލީ" މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
އަމިއްލަ ތަކެތީގައި މިރަށު "މަސްޖިދު މޫސާ ޢަލީ" މިސްކިތް މަރާމާތު ކޮށްދިނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖޫން 2022 ވާ އަންގާރަ ދުވަހު 13:00 އަށް އުލިގަމު ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އުލިގަމު ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރާގެ ބޭރުގައި "މަސްޖިދު މޫސާއަލީ މަރާމާތުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
26 ޛުލްޤައިދާ 1443
26 ޖޫން 2022