ދިވެހިރާއްޖެ
ނަންބަރު: ASND/PRC/IUL/2022/0039
މި ކުންފުނީގެ އޮފީސް ޖާގައެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 27 ޖޫން 2022 އިން 3 ޖުލައި 2022 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 15:30 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރެވޭނެއެވެ.
ބިޑު ހުށަހަޅާ ފަރާތްތަކުން -/14،000ރ، (ސާދަހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ބިޑާއެކު ހުށަހަޅަންވާނެއެވެ. އަދި ބިޑް ކާމިޔާބު ކުރާ ފަރާތުން ޕާފޯމެންސް ގެރެންޓީއެއްގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ %2 އަށްވާ އަދަދު މި ކުންފުންޏަށް ހުށަހަޅަންވާނެއެވެ.
07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 15:00 ގައި އަންދާސީ ހިސާބު ހުށަހެޅުން، ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހުގައި އޮންނާނެއެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ
26 ޖޫން 2022
ޕްރޮކިޔުމެންޓް ސެކްޝަން
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483