މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ (އީ.އެކްސް.1)

 (IUL)10-C/10/2022/123:ނަންބަރު

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-309954

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒު/ މޮނިޓަރިން ސެކްޝަން / ކ. މާލެ

މުސާރަ:

8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް: ހިއުމަން ރައިޓްސް /ޕޮލިޓިކަލް ސައިންސް / ސޯޝިއޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާނަމަ، މަހަކު 1,100.00 ރުފިޔާ
  3. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މޮނިޓަރިން ސެކްޝަންގެ އެންމެހައި މަސައްކަތްތައް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލްގެ ލަފާގެމަތިން ރާވައި ހިންގައި ސެކްޝަންގެ މަސައްކަތްކުރުމުގައި މުވައްޒަފުންނަށް ދޭންވާ ފަންނީ ލަފައާއި އިރުޝާދުދިނުނުން.
  2. މިނިސްޓްރީގެ އަހަރީ ރިޕޯޓާއި އަހަރީ ބަޖެޓަށް ބޭނުންވާ މައުލޫމާތު ތައްޔާރުކޮށް ކަނޑައެޅިފައިވާ ޑިޕާޓްމަންޓަށް ފޯރުކޮށްދިނުން.
  3. ސެކްޝަންގެ މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ މިނިސްޓްރީގެ ލަރނިންގ އެންޑް ޑިވެލޮޕްމެންޓް ޔުނިޓާ ހިއްސާ ކުރުން.
  4. ސެކްޝަންގެ އެކްޝަން ޕްލޭނާއި އަހަރީ ވާރކް ޕްލޭން އެކުލަވާލައި، ޕްލޭންގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  5. ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް، ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމާއި މުވައްޒަފުންނަށް މަގުދެއްކުން.
  6. ސެކްޝަނުން ބާއްވަން ކަނޑައަޅާ އެކި އެކި ބައްދަލުވުންތައް ރާވައި އިންތިޒާމުކޮށް އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވުން.
  7. ސެކްޝަންގެ މަސައްކަތްތަކާއިގުޅިގެން ތައްޔާރުކުރަންޖެހޭ އުސޫލުތަކާއި ޕްރޮސީޖަރ މެނުއަލްތައް ތައްޔާރުކުރުން.
  8. ޤާނޫނު ނަންބަރު: 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ 89ވަނަ މާއްދާގެ (ހ)ގެ ދަށުން މިނިސްޓަރ އެކުލަވާލާފައިވާ އިސްތިއުނާފު ކޮމިޓީގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތައް އޯވަރސީ ކުރުން.
  9. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލާފައިވާ "މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރަކަށް އެދުމުގެ ކުރިން ޢަމަލުކުރާނެގޮތުގެ އުޞޫލު" ގެ ދަށުން އުފައްދަވާފައިވާ "މޮނިކޮން އެޑްވައިޒަރީ ކޮމިޓީ" ގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތައް އޯވަރސީ ކުރުން.
  10. ޤާނޫނު ނަންބަރު: 2013/13 (އެންޓި-ޓޯޗަރ ޤާނޫނު)ގެ ދަށުން ކޮންމެ 3 މަހުން އެއް މަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހުށަހަޅަންޖެހޭ ރިޕޯރޓް ފޮނުވުމުގެ މަސައްކަތް ކުރުވުން.
  11. ޤާނޫނު ނަންބަރު: 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު) ގެ ދަށުން ކަސްޓޯޑިއަލް ޖަލު، ރިމާންޑް ޖަލު އަދި އާންމު ޖަލުގެ ގޮތުގައި މިނިސްޓަރު ކަނޑައަޅުއްވާ ތަންތަނުގެ މަޢުލޫމާތު އާންމުކޮށް އިޢުލާން ކުރުމުގެ މަސައްކަތް ކުރުވުން.
  12. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރެއިން މިނިސްޓްރީ ޒިންމާވާ މުޢާހަދާއެއްކަމުގައިވާ "ކޮންވެންޝަން އަގައިންސްޓް ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިޔުމަން އޯރ ޑީގްރޭޑިނގް ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓް" (ކެޓް) އާގުޅޭ ގޮތުން ދިވެހިރާއްޖެއިން އެކުލަވާލަންޖެހޭ ރިޕޯޓްތައް ތައްޔާރު ކުރުވުމުގެ އެންމެހާ މަސައްކަތްތައް ކުރުވުމާއި އެ މުޢާހަދާއާގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކުރުވާ ފަންނީ ލަފާ ދިނުން
  13. ކެޓް ކޮންވެންޝަން ގެ ދަށުން އުފައްދާފައިވާ "ނޭޝަނަލް ކެޓް އެންޑް އޮޕްކެޓް ކޮމެޓީ" ގެ ބައްދަލުވުންތައް ރާވާ ކޮމިޓީގެ މެންބަރުންގެ މެދުގައި ހިންގަންޖެހޭ ކޯޑިނޭޝަންތައް ހިންގާގޮތް އޯވަރސީ ކުރުމާއި މި މަސައްކަތާއި ގުޅޭގޮތުން ބޭރުޤައުމުތަކާ ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
  14. ކެޓް އަދި އޮޕްކެޓްގެ ދަށުން ކަމާގުޅޭ ދާއިރާތަކުން ތަންފީޛު ކުރަންޖެހޭ ކަންތައްތައް "ނޭޝަނަލް ކެޓް އެންޑް އޮޕްކެޓް ކޮމެޓީ" އަށް ހުށަހަޅާ އެކަންތައްތައް ތަންފީޛު ކުރެވޭ މިންވަރު ދެނެގަތުން.
  15. އެސް.ޕީ.ޓީ ރިޕޯޓް ތައްޔާރު ކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ހޯދުމާއި ރިޕޯޓް ކޮމްޕައިލް ކުރުމާއި އެޓަރނީ ޖެނެރަލްގެ ލަފާފުޅު ހޯދުމާއި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން.
  16. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއްކަމަށްވާ "އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" އާއި ގުޅިގެން ދިވެހިރާއްޖެއިން ޔޫ.އެން އަށް ހުށަހަޅަންޖެހޭ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު މިނިސްޓްރީ އަދި މިނިސްޓްރީއާއި ގުޅުންހުރި ދާއިރާތަކުން ހޯދުވާ އަދި އެ މަޢުލޫމާތުތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ލިޔުމުން ހިއްސާކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުވުން.
  17. "ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު" ގެ އަޕްޑޭޓަށް ބޭނުންވާ މަޢުލޫމާތު މިނިސްޓްރީ އަދި މިނިސްޓްރީއާއި ގުޅުންހުރި ދާއިރާތަކުން ހޯދުވުން އަދި އެ މަޢުލޫމާތުތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ލިޔުމުން ހިއްސާކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުވުން.
  18. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުޢާހަދާތަކުގެ ތެރެއިން ސަރުކާރުގެ އެހެނިހެން ވުޒާރާތަކުގެ ބެލެނިވެރިކަމުގައިވާ މުޢާހަދާތަކަށް މިނިސްޓްރީއާ މިނިސްޓްރީގެ ދާއިރާގެ އޮފީސްތަކުން ބޭނުންވާ މަޢުލޫމާތު، އެވުޒާރަތަކުން އެދިއްޖެ ޙާލަތެއްގައި ލިޔުމުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުވުން.
  19. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން، ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއި ދެމެދު ވުމަށް ސޮއިކުރެވޭ "ބައިލެޓްރަލް" އަދި "މަލްޓިލެޓްރަލް" އެއްބަސްވުން، ޓްރީޓީ ނުވަތަ އެމް.އޯ.ޔޫ ތައް ތަންފީޛު ކުރުމުގެ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުވުމާއި މި މަސައްކަތާއި ގުޅޭގޮތުން ބޭރުޤައުމުތަކާ ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
  20. ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ބޭރުޤައުމުތަކާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުންތަކުގެ ދަށުން ކުށްވެރިން ބަދަލުކުރުމާގުޅޭ މަސައްކަތްތައް ކުރުވުމާއި މި މަސައްކަތާއި ގުޅޭގޮތުން ބޭރުޤައުމުތަކާ ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
  21. އެން.ޕީ.އެމް އިން މީހުން ބަންދުކުރާ ތަންތަނަށް ޒިޔާރަތްކުރުމަށްފަހު މިނިސްޓަރަށް ފޮނުވާ ރިޕޯޓުތަކުގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުވާ މިންވަރު ދެނެގަތުން
  22. ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވެއުޅުމަށް މީހުން ބޭނުންވާ މިންވަރާއި މިކަމަށް ޢާއްމުނަށް ހުރި ހުރަސްތައް ދެނެގަތުން
  23. މީގެ އިތުރުންވެސް މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން /ބިޒްނަސް މެނޭޖްމަންޓް/ ހިއުމަން ރައިޓްސް / ޕޮލިޓިކަލް ސައިންސް / ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ސޯޝިއޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ސޯޝަލް ސައިންސް މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން /ބިޒްނަސް މެނޭޖްމަންޓް/ ހިއުމަން ރައިޓްސް / ޕޮލިޓިކަލް ސައިންސް / ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ސޯޝިއޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ސޯޝަލް ސައިންސް މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ހިއުމަން ރައިޓްސް
  4. ޕޮލިޓިކަލް ސައިންސް
  5. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  6. ސޯޝިއޮލޮޖީ  

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. ހިއުމަން ރައިޓްސް
  2. ޕޮލިޓިކަލް ސައިންސް
  3. ސޯޝިއޮލޮޖީ  
  • ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. ސޯޝަލް ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖުލައި 2022  ވާ  ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 2022 ޖުލައި 31 އާއި 11 އޮގަސްޓް އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031542، 3031543 ނުވަތަ 3031541 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

26 ޛުލްޤަޢިދާ 1443

26 ޖޫން 2022
ހޯދާ