ދިވެހިރާއްޖެ
ތ.ގުރައިދޫ ރައްޔިތުންގެ ތެޔޮ ފިހާރަ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 04 ޖުލައި 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.
ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 05 ޖުލައި 2022 ވަނަ ދުވަހުގެ 10:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. މި އިޢުލާނާއެކު ތ.ގުރައިދޫ ރައްޔިތުންގެ ތެޔޮ ފިހާރައިގެ ޗާރޓް އަދި މަޢުލޫމާތު ކަރުދާސް ގެޒެޓް ކުރެވިފައި ވާނެއެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 05 ޖުލައި 2022 ވަނަދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
އެޑްރެސް : ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ފޯން : 6780715
އީމެއިލް އައިޑީ : [email protected]
ބީލަން ހުޅުވުން އޮންނާނީ 21 ޖުލައި 2022 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚު އަދި ބީލަމުގެ އިޢުލާން ނަންބަރު ލިޔެވިފައި އޮންނަން ވާނެއެވެ.