ދިވެހިރާއްޖެ
އިޢުލާން
އިޖުތިމާޢީ ސަރަހައްދު މަސައްކަތު މަޤާމަށް މީހުން ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)420-AS/420/2022/33 އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައި ނުވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު އެމަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަސައްކަތު ( އިޖުތިމާޢީ ސަރަހައްދު )
އިޢުލާން |
|
މަޤާމް: |
މަސައްކަތު ( އިޖުތިމާޢީ ސަރަހައްދު ) |
ބޭނުންވާ ޢަދަދު: |
02(ދޭއް) ފިރިހެން |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް ( މިވަޒީފާއަކީ ސިވިލްސަރވިސްގެ ވަޒީފާއެއް ނޫނެވެ. ) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ގދ. ރަތަފަންދޫ ކައުންސިލް އިދާރާ |
މަހުމުސާރަ/އުޖޫރަ |
މަސައްކަތު ނިކުންނަދުވަހެއްގެ ގަޑިއަކަށް 33.65 (ތިރީސް ތިންރުފިޔާ ފަސްދޮޅަސް ފަސްލާރި ) |
މަސައްކަތު ގަޑި |
ހެނދުނު 08:00 ން މެންދުރު 14:00 )ނުވަތަ ކައުންސިލްއިން ހާއްސަކަމެއްގައި އަންގާ ގަޑިތަކަކަށް) |
އިތުރު ޢިނާޔަތް |
ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ރަމަޟާން އެލަވަންސް |
ކޮންޓްރެކްޓްކުރެވޭ މުއްދަތު |
މީލާދީ 1 ( އެކެއް) އަހަރު ( މަސައްކަތަށް ރަނގަޅުނަމަ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭ ގޮތަށް )، ޕްރޮބޭޝަންގެ 3 މަސްދުވަސް |
މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މަގުމަތީގައި އާންމު އުނދަގޫވާގޮތަށް ހުންނަ ގަސް/ރުއް ކޮށައި، ސާފުކޮށް ކުނިގޮނޑަށް އުކާލުން 2- ގދ. ރަތަފަންދޫ އިޖުތިމާޢީ ސަރަހައްދުގެ ތެރޭގައި ހިމެނޭ މަގުތަކާއި ބަނދަރު ސަރަހައްދާއި ކުޅިވަރު ކުޅޭ ސަރަހައްދު ކަނޑައަޅާފައިވާ ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ސާފުކޮށް ބެލެހެއްޓުން 3- ރަށުގެ ބަނދަރު ސަރަހައްދު ( ޖެޓީގެ އުތުރު ދެކުނު އަދި ހުޅަނގު ފަރާތު) ގަސްކޮށާ ސާފުކޮށް ބެލެހެއްޓުން 4- ޖެޓީ ސަރަހައްދަށް ވަދެ ނިމުމެ ހަދާ އުޅަނދުފަހަރުގެ މަޢުލޫމާތު ކައުންސިލް އިން އަންގާގޮތެއްގެ މަތިން ނަގާ ބެލެހެއްޓުން 5- ޢާއްމުކޮށް ކުޅިވަރު ކުޅުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދު ތަކުގެ ތެރެއިން އެހެން މުވައްޒަފުން ދުވަހުން ދުވަހަށް ސާފުކުރާ ސަރަހައްދުގެ ތެރޭގައި ނުހިމެނޭ މިފަދަ ސަރަހައްދު ތަކުގެ ގަސް ކޮށައި ކުނިނަގައި ސާފުކޮށް ބެލެހެއްޓުން 6- ރަށުގެ އުތުރުން ދެކުނަށް އަދި ދެކުނުން އުތުރަށް އޮތް އަމީނީ މަގުގެ އުތުރުކޮޅާއި ދެކުނުކޮޅުގެ މީހުން ދިރިއުޅޭ ގޯތިތައް ނުހިމެނޭ ސަރަހައްދުގެ ވިނަގަސް ކޮށައި ކުނި ނަގައި ސާފުކޮށް ބެލެހެއްޓުން 7- ރަށުގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކުން ގާވާއިދުތަކާއި ކަނޑައެޅޭ އުސޫލުގެ ބޭރުން ވެލި/އަކިރި ނަގާ ފަރާތްތަށް ހުއްޓުވުން 8- ކައުންސިލްއިން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން |
މަޤާމުގެ ޝަރުޠުތައް: |
1- ލިޔަންކިޔަން އެގުން |
ހުށަހަޅަންޖެހޭ ލިއުންތައް: |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ތިރީގައި މިވާ ކަންތައް ތަކަށެވެ. 1- ތަޢުލީމް
2- މަސައްކަތުގެ ތަޖުރިބާ %30 ( މަޤާމުގެ މަސައްކަތު ދާއިރާއާ ގުޅޭ ތަޖުރިބާ އަދި އަދާކުރި / އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދި ވަޒީފާ އަދާކުރި / އަދާކުރާ ތަނުގެ މުވައްޒަފުންގެ ޢަދަދު އެނގޭނެ ލިޔުންތައް ފިޔަވައި އެހެން ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައި ނުވެއެވެ. ) 3- ލިބިފައިވާ ހުނަރު ( ޤާބިލް ކަން ކަށަވަރު ކުރުމަށް ކުރެވޭ އިންޓަވިއު) %70 ނޯޓް: މިމަޤާމަށް މީހަކު ހޮވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މަދުވެގެން ޖުމްލަ %30 ލިބިގެންނެވެ. އަދި މީހުން ހޮވުމުގައި ރަށުޕިކަޕް، ޕިކް އަދި ލޮރީ ފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، މިއިދާރާ (ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާ ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައި ގަނެވޭނެއެވެ. |
ޝޯޓްލިސްޓް ކުރުން |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިންޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ 2022ޖުލައި 01 އާއި 2022 ޖުލައި 07 އާ ދެމެދު ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ޢާއްމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ޢާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސް ބޯޑުގައާއި ރަސްމީ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުން ޢާއްމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭ ގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. |