ދިވެހިރާއްޖެ
މި ސަރވިސްއަސް ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ. މި މަޤާމުތަކަށް ދިވެހިން ކުރިމަތި ނުލައްވާނަމަ = ކޮންޓްރެކްޓް އުސޫލުން ބިދޭސި މުވައްޒަފުން ހަމަޖެއްސޭނެ ވާހަކަ ދެންނެވީމެވެ. |
|
މަޤާމު |
ރަޖިސްޓަރޑް ނަރސް |
ރޭންކް |
އެމް.އެސް 1 |
ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގރ 1 |
މުސާރަ |
-/5610 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން |
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް/ މާފުށީ ޖަލު، އައްސޭރި ޖަލު، މާލޭ ޖަލު / ކ.މާފުށި، ކ.ހިންމަފުށި، މާލެ |
ބޭނުންވާ އަދަދު |
01 (އެކެއް) |
ޝަރުޠު |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޞިއްޙީ ދާއިރާއިން- 1. ސަރުކާރު ޤަބޫލުކުރާ އިންސްޓިއުޓެއްގައި ޖެނެރަލް ނަރސިންގ ރޮގުން ޑިޕްލޮމާ ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން 2. ނުވަތަ ސަރުކާރު ޤަބޫލުކުރާ އިންސިޓިއުޓެއްގައި ޑިޕްލޮމާ އިން ނާރސިންގ އެންޑް މިޑްވައިފްރީ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވުން 3. ނުވަތަ ސަރުކާރު ޤަބޫލުކުރާ އިންސިޓިއުޓެއްގައި ޖެނެރަލް ނަރސިންގެ ރޮނގުން ޑިޕްލޮމާ ފުރިހަމަކޮށްފައި ވުމާއެކު އިތުރަށް ނަރުހުންގެ ފަންނީ ރޮނގުން ޑިޕްލޮމާއެއް ނުވަތަ ސެޓުފިކެޓެއް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން. ނުވަތަ 4. ސަރުކާރު ޤަބޫލުކުރާ އިންސިޓިއުޓެއްގައި ޖެނެރަލް ނަރސިންގ އިން ޑިގްރީއެއް ހާސިލުކޮށްފައިވުން |
މަޤާމުގެ މަސްޢޫލިއްޔަތު |
- ބަންދުގައި ތިބި ބަންދު މީހުންނަށް ގަވާއިދުން ބޭސްދިނުން - ރަސްމީ ޑިއުޓީގެ އިތުރުން އެމެޖެންސީ ޙާލަތެއް މެދުވެރި ވެއްޖެނަމަ އެޓެންޑްވުން - ނާރސިން ސްޓޭޝަން އަބަދުވެސް އެމެޖެންސީ ޙާލަތަށް ތައްޔާރު ކޮށްފައިހުރުން - އޯޕީޑިގައި ދިމާވާ މެޑިކަލް އިމެޖެންސީތަކުގައި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ދިނުން. - ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ގައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން - އަލަށް ގެންނަ ޤައިދީން ސްކްރީން ކުރުން - މެޑިކަލް ފައިލްތައް ބެލެހެއްޓުން |
އެހެނިހެން އެލަވަންސް ތަކާއި އިނާޔަތްތަށް |
- ސަރވިސް އެލަވަންސްއަށް -/2500 ރ ލިބޭނެއެވެ. - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑި އާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެއެވެ. އަދި މީގެ އިތުރުންވެސް އެކިކަހަލަ އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް |
1. މަތީ ތަޢުލީމާއި ތަމްރީނު. 2. މަސައްކަތު ތަޖުރިބާ |
އިންޓަވިއު ކުރުން |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭ ގޮތަށް ކޮންމެ ޞަފުޙާއެއްގައި ނަންބަރު ޖެއްސެވުން އެދެމެވެ. އަދި ނަންބަރު ނުޖަހާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ސުންގަޑި: މި މަޤާމުތަކަށް އެދޭ ފަރާތްތަކުން 08 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. ( ޣާޒީ ބިލްޑިންގ / 1 ވަނަ ފަންގިފިލާ) |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސްގެ ނަންބަރު 3328443 އަށް ގުޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: - ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.prisons.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ.) - ވަޒީފާއަށް އެދޭ ސިޓީ ( ބިދޭސީއެއްނަމަ ) - މޯލްޑިވްސް ނާސިންގ ކައުންސިލް އިން ދޫކޮށްފައިވާ ނާސިންގ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ ނުވަތަ ޕްރީ–ރެޖިސްޓްރޭޝަން ސްލިޕްގެ އޮރިޖިނަލް. (ބިދޭސީއެއްނަމަ). - ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ) - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) - ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން. - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން. ނޯޓް: އެޕްލިކޭޝަންއާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ. |
28 ޛުލްޤަޢިދާ 1435 |