ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނު (އެންޓްރެންސް އެގްޒޭމް) ބޭއްވުމާ ބެހޭ

2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު، 2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް ހަމަވާތީވެ، 2022 ޖުލައި 23ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00ގައި ބޭއްވުމަށް ކުރިން ތާވަލުކުރެވުނު އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނުގެ 4 ވަނަ ބުރު، މިހާރުވަނީ 2022 ޖުލައި 7ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00އަށް ބަދަލުކުރެވިފައެވެ.

މާލޭގައި މި އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ 4 ވަނަ ފަންގިފިލާގައެވެ. ކެމްޕަސްތަކުގައިނަމަ އިންތިޙާނު ހެދުމަށް ހަމަޖެހިފައިވަނީ، އެ ކެމްޕަހެއްގައެވެ. މީގެ އިތުރުން، އައުޓް ރީޗް ސެންޓަރުތަކުގައި، މިއިންތިޙާން ބާއްވާނަމަ، މި އިމްތިޙާނުގައި ބައިވެރިވެވޭނީ، ހަމައެކަނި، އެސެންޓަރެއްގައި ރަޖިސްޓްރީވެގެން ކިޔަވަމުންދާ ދަރިވަރުންނަށެވެ. މި އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުން، އިމްތިޙާނު ފެށުމުގެ 30 މިނެޓް ކުރިން އިމްތިޙާން އޮންނަ ހޯލަށް ހާޒިރުވާންވާނެއެވެ.

 

އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭގޮތް:

  • އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާން (އެންޓްރެންސް އެގްޒޭމް)ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަރުފިޔާ) އޮންލައިންކޮށް ނުވަތަ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ހުންނަ ރެވެނިޔު ސެކްޝަނަށް ދެއްކުމަށްފަހު،  2022 ޖުލައި 5 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ.އިމްތިޙާނުގައި ބައިވެރިވުމަށްއެދޭ އޮންލައިން އެޕްލިކޭޝަން ފޯމުގައި، އައި.ޑީ ކާޑުގެ ޕޮޓޯއަކާއި، ޔުނިވަރސިޓީއިން ދީފައިވާ ނުވަތަ އީ-މެއިލުން ފޮނުވާފައިވާ ފީ ދެއްކިކަމުގެ ރަސީދު ހިމަނަންވާނެއެވެ.

އޮންލައިން އެޕްލިކޭޝަން ފޯމް، އެމް.އެން.ޔޫ ވެބްސައިޓުން ނުވަތަ މި ލިންކު https://mnu.edu.mv/entrance-exam/ އިން ލިބޭނެއެވެ.

އޮންލައިންކޮށް ފައިސާދެއްކުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފާ މެދުވެރިކޮށެވެ. އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުން، ފައިސާދެއްކުމަށްފަހު، ޓްރާންސެކްޝަން ރިސިޕްޓް [email protected] އަށް (އިމްތިޙާނުގައި ބައިވެރިވާދަރިވަރުގެ ނަމާއި، އައި.ޑީ ކާޑު ނަމްބަރުގެ އިތުރުން "ELCT 2022, R4" ޖައްސަވާފައި) އީ-މެއިލްކުރެއްވުމުން ފައިސާދެއްކިކަމުގެ ރަސީދު، އީ-މެއިލްއަށް ފޮނުވޭނެއެވެ.

އޮންލައިންކޮށް ފައިސާދެއްކުމަށް ހަމަޖެހިފައިވާ ބޭންކު އެކައުންޓުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

އެކައުންޓް ނަންބަރު:      7701101374001

އެކައުންޓްގެ ނަން :       The Maldives National University

ބޭންކް:                Bank of Maldives

މި އިމްތިޙާނުގެ ނަތީޖާ ތައްޔާރުވުމުން ދަރިވަރުންނަށް އެސް.އެމް.އެސް އެއް ފޮނުވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected]  މެއިލް ކުރެއްވުން އެދެމެވެ.

26 ޛުލްޤަޢިދާ 1443

25 ޖޫން 2022
ހޯދާ