ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ދެވަނަ ޓާމުގެ އިތުރު ކޯސްތަކަށް އިޢުލާން ކުުރުން

 

އިޢުލާން

 

  2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް އެޕްލައިކުރުން 26 ޖޫން 2022 ވާ އާދިއްތަ ދުވަހު ހެނދުނު 8:00 އިން ފެށިގެން 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާއި އަދި 2022 ވަނަ އަހަރު 2 ވަނަ ޓާމުގައި ފެށުމަށް ހަމަޖެހިފައިވާ އެހެން ކޯސްތަކުގެ މަޢުލޫމާތު  courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް mnu.edu.mv/apply/ ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

ފެކަލްޓީ އޮފް ހޮސްޕިޓަލެޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

 

  1. ސެޓްފިކެޓް 3 އިން ޕެޓިސަރީ – ލ. ގަން

 

ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

 

  1. ސެޓްފިކެޓް 3 ޖަނާއިޒް – ބ. ހިތާދޫ / އދ. މަހިބަދޫ
  2. އެޑްވާންސްޑް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީޒް – ޅ. ހިންނަވަރު / އދ. މަހިބަދޫ
  3. އެޑްވާންސްޑް ސެޓްފިކެޓް ފޮރ އިމާމް އެންޑް ޚަތީބް– އދ. މަހިބަދޫ

 

 

ކޯސްތަކުގެ ޝަރުތުތައް ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ:

https://mnu.edu.mv/application-announcements-2022-term-2/

 

 

 

23 ޛުލްޤައިދާ 1443

23 ޖޫން 2022
ހޯދާ