ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ކުނަހަންދޫ ރ. މ އަދި ދަތްތުނޑީ ރުއްތައް ކުއްޔަށް ދޫކުރުމާއި ގުޅޭ

އިޢުލާން

 

ލ. ކުނަހަންދޫ ރ. މ އަދި ދަތްތުނޑީ ރުއްތައް ކުއްޔަށް ދޫކުރުމާއި ގުޅޭ

 

ލ.ކުނަހަންދޫގެ ރ.މ ރުއްތަކާއި ދަތްތުނޑީ ރުއްތަށް 03 (ތިނެއް) އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)405-A/2022/16 31 މާރޗް 2022  އިއުލާނާއިގުޅިގެން ޝައުގުވެރިކަން ފާޅުކޮށް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތި އަގުހުށަހެޅި ފަރާތް ބީލަމުން ވަކިވެފައިވާތީ، އެ އަންދާސީ ހިސާބު  ބާޠިލްކޮށް، މިކަމަށް ޝައުޤުވެރިވާ  ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މިބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ވިޔަފާރިތަކަށެވެ.

 

މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2022 ޖޫން 30 ވަނަދުވަހުގެ 14:00 ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި ކައުންސިލަށް އީމެއިލް ކުރެއްވުމަށް ނުވަތަ ހުށަހެޅުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.

 

ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022ޖުލައި 03 ވަނަ ދުވަހުގެ 12:00ގެ ކުރިން  މިކައުންސިލަށް  ލިޔުމަކުން ހުށަހެޅުމަށް ދައްނަވަމެވެ.

 

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022ޖުލައި 04 ވަނަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ.

 

 ބީލަމާއިގުޅޭ މައުލޫމާތު ކަރުދާސް، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް އަދި ބީލަން ހުށަހަޅާ ފޯމް މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.

21 ޖޫން 2022
ހޯދާ