ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް މަޤާމަށް މުވައްޒަފުންބޭނުންވެއްޖެ.

 މިރަށުގެ މިސްކިތްތަކުގައި މަސައްކަތްކުރާ ކައުންސިލް އެސިސްޓެންޓުން ޗުއްޓީ ނެންގެވުމުން ނުވަތަ ސަލާމް ބުނުމުން ފަދަ ކުއްލި ޙާލަތެއް މެދުވެރިވެގެން ވަގުތީ ގޮތުން މިރަށު މިސްކިތް ތަކަށް ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން ތިރީގައިވާ މަޤާމަށް މީހުން ހޯދުމަށް ބޭނުން ވެއްޖެއެވެ.

މަޤާމް

ކައުންސިލް އެސިސްޓެންޓް (ޕޫލް – ވޭޖް އެމްޕޮލޯއިމަންޓް)

ބޭނުންވާ ޢަދަދު

05 (ފަހެއް)

މަޤާމުގެ ގިންތި

ވަގުތީ

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ / ހއ. އިހަވަންދޫ (މިސްކިތްތައް)

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 45.00 ރުފިޔާގެ ރޭޓުން (މަހަކު 150 ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށް، ދުވާލަކު 05 ގަޑިއިރު)

މުއްދަތު:

 01  ( އެކެއް ) އަހަރު

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
 2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
 3. ކޮންމެ ފަރުޟު ފަސްނަމާދު ވަގުތެއްގެ ގަޑި ޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ޙާޟިރުވެ މިސްކިތާއި މިސްކިތުގެ އިސްކުރުބަރިއާއި ކާޕެޓާއި، ފާޚާނާ ރަނގަޅަށް ސާފުކޮށް މިސްކިތުގެ ދޮރުފަތްތައް ހުޅުވައި، އޭސީ ޖައްސައި، ފަންކާތައް ޖަހައި، ބޮކިދިއްލައި، އެއަރ ފްރެޝްނާޖަހައި، ނުވަތަ ހުވަނދުކޮށް، ނަމާދު ވަގުތަށް މިސްކިތް ރަނގަޅަށް ތައްޔާރު ކުރުން. މިސްކިތުގެ ކާޕެޓް ސާފުރަންޖެހޭނީ ވެކިޔުމް ކުލީނަރ ބޭނުން ކޮށްގެންނެވެ. މިސްކިތުގައި އަޅާފައިވާ ކާޕެޓް ކޮންމެ ދެމަހުން އެއްމަހު ކާޗަރ މެޝިން ބޭނުންކޮށްގެން، ދޮވެ ސާފުކުރަންޖެހޭނެއެވެ. 
 4. ކޮންމެ ފަރުޟު ނަމާދެއްކޮށް ނިމުމުން މިސްކިތުގެ ފާޚާނާއާއި އިސްކުރު ބަރިއާއި މިސްކިތް ސާފުކޮށް، ދޮރުފަތްތައް ލައްޕައި، އޭސީ، ފަންކާތައް، ލައިޓުތައް ކައުންސިލްގެ އިދާރާއިން އަންގާފައިވާ ގޮތަށް ނިއްވައި، މިސްކިތުގެ އެންމެހައި ތަކެއްޗަށް ސަމާލުކަންދީ އެތަކެތި ހުންނަށްޖެހޭ ތަންތަނުގައި ބެހެއްޓުމާއި، ތަޅުޅަންޖެހޭ ތަންތަން ތަޅުލުން. ކޮންމެ ފަރުޟު ފަސްނަމާދު ވަގުތުގައި 30 މިނިޓުގައި މަސައްކަތް ކުރަންޖެހޭނެއެވެ.
 5. ކޮންމެ ދުވަހެއްގެ ހެނދުނު 6:30 ން 9:00 އަށް މިސްކިތާއި ގޯއްޗާއި މިސްކިތުގެ ގޯތީގައިހުރި ތަންތަނާއި ތަކެތި ސާފުކުރުމާއި، ބަގީޗާގަސްތަކާއި އެނޫންވެސް ކަންކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި މިސްކިތާއި ގުޅުންހުރި ތަންތަނާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކާއި ދިމާވާ ކަންކަން މިސްކިތުގެ އިމާމަށް އެންގުމާއި އަދި އެކަންކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިސްކިތުގެ އިމާމު ނުވަތަ މުދިމު ނުވަތަ ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރުން. 
 6. މިސްކިތާއި މިސްކިތުގެ އިސްކުރުބަރިއާއި، މުންނާރުގެ ފާރުތަކާއި، ވަށާފާރާއި މާބަގީޗާ ފާރުތަކާއި ސީލިންގއާއި ބޯޑަރުގައި ކުލައާއި ދަވާދު ލުމާއި، މިސްކިތުގެ ގޯތީގައި ޖަހާފައިވާ ގައުތަކާއި މިސްކިތުގެ ދޮރުތަކާއި، ދޮރުފަތްތަކުގައި، ދަވާދުލުމާއި، މިންބަރުގައި ވަރުނީސް އުނގުޅުމާއި، އަދި މިސްކިތާއި މުންނާރުގެ ގުއްބާއި، ހޯނު ސްޕީކަރު ހަރުކުރުމަށް ޖަހާފައިވާ އެންޓަނާގައި ދަވާދު ލުމާއި، އެތަންތަނާއި ގުޅޭގޮތުން ކުރަންޖެހޭ އެނޫން މަސައްކަތްތަކާއި، އަދި މިސްކިތުގެ ގޯތީގައި ޢިމާރާތްކޮށް މަރާމާތު ކުރުމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްގެ އިދާރާއިން އަންގައި ގޮތުގެ މަތިން ކުރުން.
 7. މިސްކިތުގެ މުންނާރު ނުވަތަ ހޯނުސްޕީކަރު ހަރުކޮށްފައިވާ އެންޓަނާއަށް އަރައި ހޯނުސްޕީކަރަށް ޖެހޭ މައްސަލަތައް ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރުމާއި، މިސްކިތާއި، އިސްކުރުބަރިއާއި އެތަންތަނުގެ ސީލިންގާއި ލައިޓުތަކާއި ފަންކާތަކާއި ބިއްލޫރި ގަސްތަކާއި، އޭސީތަކާއި، މިންބަރު ސާފުކޮށް ބެލެހެއްޓުމާއި މިސްކިތާއި މިސްކިތުގެ މުންނާރު ހުންނަ ލައިޓްތައް ދިއްލައި ނިއްވުމާއި އަދި އެފަދަތަކެތި ބަދަލު ކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.
 8. މަދުވެގެން ދެމަހުން އެއްމަހު މިސްކިތުގެ ފެންވަޅު ނުވަތަ ވަޅުތައް ދިއަހިއްކައި ސާފުކުރުމާއި، މިސްކިތާއި މިސްކިތުގެ އިސްކުރުބަރިއާއި މުންނާރާއި، އެތަންތަނުގެ ފާރުތަކާއި، އަދި މިސްކިތު ގޯތީގެ ވަށާފާރާއި، މާބަގީޗާގެ ފާރުތަކާއި، މިސްކިތު ގޯތީގައި ޖަހާފައިވާ ގައުތަކާއި، މިސްކިތުގެ ފުރާޅާއި ނަލަފިލާތަކާއި، ދިޔަދޮވިތަކާއި، ފެންބޭލިތައް ދޮވެ ސާފުކުރުމާއި، އެ އެންމެހައި ތަންތަނާއި ތަކެތި ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުމާއި އަދި ކޮންމެ ދުވަހަކު މިސްކިތުގެ ގޯތި ތެރެއާއި އަދި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ މިސްކިތާވީބައި ވިނަ ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި އުފެދޭ ކުނި ހަމަޖެހިފައިވާ ގޮތަށް ކުނި ގޮނޑަށް އުކަމުން ގެންދިޔުން.
 9. ބޮޑުޖަމާޢަތް ހަދައިގެން ނަމާދު ކުރުމަށް ކައުންސިލްގެ އިދާރާއިން ހަމަޖައްސައި ތަނެއްގައި އެކަމާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މުވައްޒަފު މަސައްކަތްކުރާ މިސްކިތް ފިޔަވައި އެނޫންމިސްކިތެއް ސާފުކޮށް ބެލެހެއްޓުމަށް، ކައުންސިލްގެ އިދާރާއިން އަންގައިފި ނަމަ އެ މިސްކިތެއް ސާފުކޮށް ބެލެހެއްޓުމާއި އަދި އެ މިސްކިތާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

10. މިސްކިތުގައި ދީނީ ދަރުސްތައް ދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނަމަ ކައުންސިލް އިދާރާއިން ހަމަޖައްސައި ގޮތެއްގެ މަތިން އެކަން ކުރުމާއި އަދި ފަރުޟު ފަސްނަމާދު ފިޔަވައި ކޭތަ ނަމާދާއި ޢީދު ނަމާދާއި، ހުކުރު ނަމާދާއި، ކަށުނަމާދާއި، ތަރާވީޙު ނަމާދާއި ދަމްނަމާދަށް މިސްކިތް ތައްޔާރު ކުރުމާއި ނަމާދުކޮށް ނިމުމުން އެކަމާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

11. މިސްކިތުގެ ވަޒީފާގެ މަސައްކަތް ޙާޟިރުވަންޖެހޭ ގޮތުގެމަތިން ޙާޟިރުވެ ޙާޟިރީ ފުރިހަމަ ކުރުމާއި، ކައުންސިލްގެ އިދާރާއަށް ޙާޟިރުވުމަށް އޮންނަ ގޮތުގެ މަތިން ޙާޟިރުވެ ކައުންސިލްގެ އިދާރާގައި ސޮއި ކުރުމާއި، މިސްކިތާ ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހައި އެޝަކުވާތައް މިސްކިތުގެ އިމާމު ނުވަތަ މުދިމަށާއި އަދި މި އިދާރާއަށް އަންގައި، އެކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރުން.

12. މުވައްޒަފުންގެ ބައްދަލުވުންތަކާއި، އިޖްތިމާޢީ ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާ ދިނުމާއި، އަދި ޤައުމީ، ރަށު ފެންވަރުގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ޤައުމީ، ރަށުފެންވަރުގައި ފާހަގަކުރާ ހަފްލާތަކަށް ތައްޔާރުވުމުގައި ކައުންސިލްގެ އިދާރާއިން އަންގައި ގޮތެއްގެ މަތިން އެކަންކަމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

13. ރަސްމީ ގޮތުން ޙަވާލުކޮށްފައިވާ އެންމެހައި މަސައްކަތްތައް ދުވަހުން ދުވަހަށް ކޮށްނިންމުމާއި، މިސްކިތުގައި ކުރަމުންގެންދާ އެކިއެކި މަސައްކަތްތަކާއި، ހިންގާ ޕްރޮޖެކްޓްތަކާއި ގުޅިގެން ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން އެކަންކަމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި އަދި ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމުގައި މިސްކިތު އިމާމު، މުދިމު، ނުވަތަ ކައުންސިގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން އެ މަސައްކަތްތައް ކުރުން.

14. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރާ، އަދި ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކާއި، ކުއްލިގޮތެއްގައި ޙަވާލުކުރާ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް، ފަރުވާތެރިކަމާއެކު އެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 • ލިޔަން ކިޔަން އެނގުން.

ނޯޓް:  ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

 • ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،
 • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،
 • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

 ކޯ ޑިސިޕްލިން : ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 • ފޮޅާ ސާފުކުރުން
 • ކްލެރިކަލް ސަޕޯޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު )މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާ ގެކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.( http://www.csc.gov.mv/downloads/15151
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު )ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް(
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެ )މުއްދަތުހަމަވެފައިވީ ނަމަވެސް ( ދެފުށު ގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު ، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލްސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ،އަދާކޮށް ފައިވާ،އަދި ވަޒީފާ، އަދި އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ.)

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރައެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސްޗެކް ފޯމު"

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

-         އަސާސީ ޝަރުޠު ހަމަވުމުން                      (%50)

-         އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު        (%5)

-         އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ        (%5)

-         އިންޓަރވިއު                                (%40)

މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 70 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 ޖޫން 2022 އާއި 12 ޖުލައި  2022 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު،މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް )A2 ޝީޓު (" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އީ-މެއިލް ކުރައްވާނީ  [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ"އައްޔަންކުރުމުގެ އުޞޫލާގުލޭ" އިން ލިބެން ހުންނާނެއެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ޛުލްޤަޢިދާ 1443

23 ޖޫން    2022

23 ޖޫން 2022
ހޯދާ