ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަސައްކަތު (ފިރެހެން)

މަޤާމު: މަސައްކަތު (ފިރެހެން)

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަޓީ މެއިންޓަނަސް

ސެކްޝަން: ލޭންޑް ސްކޭޕިންގް އެންޑް ގްރީނަރީ

އަދަދު: 5

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- އަސާސީ ތަޢުލީމު ފެންވަރު ހުރުން

މަޤާމުގެ މަސްއޫލިއްޔަތު:

- ހުޅުމާލެ އެކިއެކި ސަރަހައްދުތަކުގައި ގަސްއިންދުން

- ހުޅުމާލޭގައި އިންދާފައިވާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

- ވިނަބޯވެފައިވާ ތަންތަނުން ވިނަ ނޮޅުމާއި ގަސްތައް ބޯވެފައިވާ ތަންތަނުގެ ގަސްތައް ކޮށައި ސާފުކުރުން.

- ޝެޑިއުލްއާއި އަދި ދީފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގަސްތަކަށް ގަސްކާނާ އާއި ފާޓިލައިޒާ އެޅުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- ގަސްއިންދުމާ ބެހޭ މަސައްކަތްތައް ދަންނަ މީހެއްކަމުގައިވުން.

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން

- މަސައްކަތް ކުރެވޭނެ ޞިއްޙަތެއްގައި ހުރުން

މުސާރަ: 3670.00ރ (އެލަވަންސްތަކާއެކު މަދުވެގެން 7978.75 ރ ލިބޭނެއެވެ.)

މި ވަޒީފާތަކަށް މުވައްޒަފުން ޢައްޔަން ކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތް ކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 02 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޯޕްރޭޝަނުގެ މައި އޮފީހުންނާއި މާލެއޮފީހުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

 

1 ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                              3 ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                        ނުވަތަ                    ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                                ފޯނު: 3353535   

ފެކްސް : 3335892                                             ފެކްސް : 3358892

25 ސެޕްޓެންބަރު 2014
ހޯދާ