އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ހޮސްޕިޓަލުގެ ނަންބަރު: 137-HR/IU/2014/51 (20 ޖުލައި 2014) އިން ފިޒިއޮތެރަޕީ އެސިސްޓެންޓެއް ހޯދުމަށް ކޮށްފައިވާ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އެ މަޤާމަށް އިޢުލާންކުރަމެވެ. މި ގޮތުން މި ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި މަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.


މަޤާމު

އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)   

ޑިޕާޓްމަންޓް /ސެކްޝަން

އައި.ސީ.ޓީ. ޑިޕާޓްމަންޓް

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އައި.ޓީ ޑިޕާޓްމަންޓުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- ހޮސްޕިޓަލުގައި ދުވަހުން ދުވަހަށް ކުރެވޭ ހުރިހާ މަސައްކަތްތަކަކީ ކޮމްޕިއުޓަރ ވިއުގައެއްގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަށް ވުމާއެކު މިވިއުގަ ރައްކާތެރިކޮށް ބެލެހެއްޓުމާއި ދިމާވާ ހުރިހާ މައްސަލަތައް ހައްލުކޮށް މުވައްޒަފުންގެ މަސައްކަތައް ބޭނުންވާ މުހިއްމު ޑޭޓާތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.


މަޤާމު

 

ފިޒިއޮތެރަޕީ އެސިސްޓެންޓް

ބޭނުންވާ އަދަދު

01

 

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)   

ޑިޕާޓްމަންޓް /ސެކްޝަން

ފިޒިއޮތެރަޕީ ޑިޕާޓްމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ބަލިމީހުންނަށް އެހީތެރިވެދިނުމާއި ފިޒިއޮތެރަޕިސްޓުންނަށް އެހީތެރިވުން

ތަޢުލީމާއި ތަޖުރިބާ:

 

 

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އިނގިރޭސި އަދި ސައިންސްގެ 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑަށްވުރެ މަތީ ފާހެއް ލިބިފައިވުމާއެކު، އެސް.އެސް،ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން.

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)

 


 

 

ހުށަހަޅަންޖެހޭ ލިޔުންތައްް

 

 

 

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރު ކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.


ސުންގަޑި

13 އޮކްޓޫބަރު 2014ވާ ހޯމަ ދުވަހުގެ 15.00 ގެ ކުރިން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 15.00 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ.

 

22 ސެޕްޓެންބަރު 2014
ހޯދާ