ދިވެހިރާއްޖެ
ނަންބަރު: (IUL)203-HRFS/1/2022/44
އިޢުލާނު
|
|
މަޤާމު: |
އެންވަޔަރަންމަންޓް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-271337 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް. އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް1 |
ސެކްޝަން / ޔުނިޓް : |
ވޭސްޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް / ޕޮލިއުޝަން ޕްރިވެންޝަން ޔުނިޓް |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ / ކ.މާލެ |
މުސާރަ: |
-/5610ރ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
-/2000ރ (ދެހާސް ރުފިޔާ) |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ޕޮލިޔުޝަން ޕްރިވެންޝަން ޔުނިޓްގެ އެންމެހާކަންކަން ރާވާ ހިންގުމާއި އެޔުނިޓްގެ ފަރާތުންކުރަންޖެހޭ ކަންކަމުގައި އިސްވެ އުޅުމާއި ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުން ނިންމުންތައް ނިންމުން. 2- ޕޮލިޔުޝަން ޕްރިވެންޝަން ޔުނިޓްގެ އެސް އޯ ޕީތައް ތައްޔާރުކޮށް މުރާޖާކުރުން. 3- ކަނޑާއި އެއްގަމާއި ވައިގެ ޕޮލިޔުޝަން ކޮންޓްރޯލްކުރުމަށް އަދި ކުނި މެނޭޖްކުރުމަށް ތައްޔާރު ކުރަންޖެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި ސްޓޭންޑާޑްތަކާއި ގައިޑްލައިންތައް ހެދުމުގައި ޓެކްނިކަލް ލަފާދިނުމާއި މިފަދަ ލިޔުމެއް ތައްޔާރުކުރަން ޖެހިއްޖެ ޙާލަތެއްގައި އެލިޔުމެއް ތައްޔާރުކުރުން. 4- ކަނޑާއި އެއްގަމާއި ވައިގެ ޕޮލިޔުޝަން ކޮންޓްރޯލްކުރުމަށް އަދި ކުނި މެނޭޖްކުރުމަށް ތައްޔާރު ކުރަންޖެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި ސްޓޭންޑާޑްތަކާއި ގައިޑްލައިންތައް ހެދުމުގައި ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރަންޖެހޭ ދިރާސާތަކާއި ތަހުލީލުތައް ކުރުން. 5- ދިވެހިރާއްޖޭގެ ސަރަޙައްދުގައި ދިމާވާ ޕޮލިޔުޝަން މައްސަލަތަކާއި ކުނީގެ މައްސަލަތައް ބެލުމާއި މޮނިޓަރ ކުރުމުގެ އެންމެހާ ކަންކަމެއްރާވާ ހިންގުމާއި މިފަދަ ޙާލަތްތަކުގައި ކުރާކަންކަމުގައި އިސްވެ ހަރަކާތްތެރިވުން 6- ވަޔާއި ފެނާއި އަދިވެސް އެހެނިހެން ގޮތްގޮތުން އަންނަ ތަޣައްޔަރުކަން ދެނެގަނެ މޮނިޓަރކޮށް، ދިރާސާކޮށް، ޑޭޓާރ އިވެލުއޭޓްކުރުމާއި އެދިރާސާތަކުގެ މައްޗަށް ކަރުދާސްތައްޔާރުކޮށް އެމަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގެކަންކަން ރާވާ ހަރަކާތްތެރިވުން. 7- ޕޮލިޔުޝަން ޕްރިވެންޝަން ޔުނިޓްގެ ވޯކްޕްލޭން އާއި ބަޖެޓްތައްޔާރުކޮށް، ޔުނިޓްގެ އަހަރީ ރިޕޯޓް އަދިވެސް ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުމުގައި މަސައްކަތްކުރުން. 8- ކުނި މެނޭޖްކުރުމުގައި ޕޮލިއުޝަން ޕްރިވެންޝަން އާއި ގުޅޭގޮތުން ބޭނުންވާ ފަންނީ ލަފާއާއި އިރުޝަދު ދިނުމާއި ހޭލުންތެރި ކުރުވުން. 9- ޕޮލިއުޝަންއާއި ބެހޭ ޑޭޓާބޭސް ތައްޔާރުކޮށް އެ ޑޭޓާބޭސް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން. 10- ސޮލިޑް ވޭސްޓް އަދި ޕޮލިއުޝަން ޕްރިވެންޝަން އާއި ގުޅުން ހުރި ގައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ބައްދަލުވުންތަކާއި ސެމިނަރ، ވޯކްޝޮޕްތަކާއި، އޮފިސް ތަމްސީލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން. 11- މީގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް: އެޓްމޮސްފެރިކް ސައިންސް އެންވަޔަރަންމެންޓަލް ކެމިސްޓްރީ އެންވަޔަރަންމެންޓަލް ކޮންޒަވޭޝަން އެންވަޔަރަންމެންޓަލް މެނޭޖްމަންޓް އެންވަޔަރަންމަންޓަލް ޕޮލިސީ އެންވަޔަރަންމަންޓަލް ސައިންސް އެންވަޔަރަމެންޓަލް ސްޓަޑީޒް
މަޤާމުގެ ކޯ ޑިސިޕްލިންސް: އެންވަޔަރަންމެންޓަލް މެނޭޖްމަންޓް އެންވަޔަރަންމަންޓަލް ޕޮލިސީ އެނަވަޔަރަންމަންޓަލް ސައިންސް އެންވަޔަރަމެންޓަލް ސްޓަޑީޒް ޕްރިފަރޑް ޑިސިޕްލިންސް: ނެތް ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: އެންވަޔަރަމެންޓް |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(http://www.csc.gov.mv/download/2249)
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖުލައި 03 ވާ އާދިއްތަ ދުވަހުގެ12:30ގެ ކުރިން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަނާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު އީ-މެއިލް ކުރުމަށް ދަންނަވަމެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 2022 ޖުލައި 04 އާއި 2022 އޮގަސްޓް 04 އާ ދެމެދު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335949، 3038833 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލްސަރވިސްކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"(http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
23 ޛުލްޤަޢިދާ 1443