ދިވެހިރާއްޖެ
ޑިސްޕެޗް އޮފިސަރ
ކޯޕަރޭޓް އެފެއާރޒް، އެޑްމިނިސްޓްރޭޝަން އެންޑް އައި.ސީ.ޓީ
ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ
މަސައްކަތު ގަޑި: 08:00 – 15:30
ތައުލީމީ ފެންވަރާއި ތަޖުރިބާ:
- ގްރޭޑް 10 ގެ ފެންވަރުހުރުން.
މަޤާމުގެ މަސްއޫލިއްޔަތު:
ކޯޕަރޭޝަންގެ ލިޔެކިޔުމާއި އެހެނިހެން ތަކެތި ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ފަރުވާތެރިކަމާއެކު ހަވާލުކުރުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ކޯޕަރޭޝަނުން ފޮނުވާ ލިޔެކިޔުމާއި އެހެނިހެން ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން. މީގެ ތެރޭގައި ސިޓީ، ނޯޓިސް، ޕާރޗޭސް އޯޑަރު، ޕޭމަންޓް ވައުޗަރު، ޗެކު، ނޯޓިސް، ޕެއިންގ ސްލިޕް، ސާރކިއުލަރ، ސްޓޭޓްމަންޓް ފަދަ ތަކެތި ހިމެނޭ.
- އެޗް.ޑީ.ސީ.ގެ ސައިޓުތަކުން މައި އޮފީހަށް ފޮނުވާ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ރައްކާތެރިކަމާއި އެކު ފޮނުވުން.
- އެޗް.ޑީ.ސީ.ގެ މައި އޮފީހުން ސައިޓުތަކަށް ފޮނުވާ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ރައްކާތެރިކަމާއި އެކު ފޮނުވުމާއި އަދި އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- އޮފީހުގައި ބާއްވާ ހަފްލާތަކަށް ބޭނުންވާ ތަކެތި ގެންދަންޖެހޭ ތަންތަނައް ގެންދިއުން.
- ސޮއި ބޭނުންވާ ލިޔެކިޔުންތަކުގެ ސޮއި އެކަމާ ބެހޭ ފަރާތަކުން ހޯދުމަށް ފަރުވާތެރިވުން.
- ޑިސްޕެޗް ކުރެވޭ ތަކެތީގެ ރެކޯޑު ބެލެހެއްޓުމާއި ދުވަހުން ދުވަހަށް ޝީޓު އަޕްޑޭޓް ކުރުން.
- އެޑްމިނިސްޓްރޭޓިވް މުވައްޒަފަކު ނެތް ހާލަތެއްގައި ޑިސްޕެޗް ބެލެހެއްޓުމާއި ހަވާލުކުރެވޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
- މަޤާމާއި ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއި އެކު ކުރުން.
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން.
- ސައިކަލް ލައިސަންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެ.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.
މުސާރަ: 11,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު: (https://jobs.hdc.com.mv/)
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.