މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އައި.ޓީ އާބެހޭ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ޑިމޮގްރެފިކް އެންޑް ހެލްތު ސަރވޭ 2014-2015 އަށް ބޭނުންވާ އައި.ޓީ އާބެހޭ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީގެ ނަންބަރު IUL 23-AP/1/2014/170ފ(21 ސެޕްޓެންބަރު 2014) އިޢުލާނަށް ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް މިނިސްޓްރީން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ފުރިހަމަކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު، ޑިމޮގްރެފިކް އެންޑް ހެލްތު ސަރވޭ 2014-2015 އަށް ބޭނުންވާ އައި.ޓީ އާބެހޭ ތަކެތި ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 އޮކްޓޫބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

28 ޛުލްޤަޢިދާ 1435       

23 ސެޕްޓެންބަރު 2014
ހޯދާ