ފެމިލީ ކޯޓް
ދިވެހިރާއްޖެ
ފެމިލީ ކޯޓަށް 4 ސްކޭނަރ ހޯދުން

ފެމިލީ ކޯޓަށް 4 ސްކޭނަރ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު A3/2014/160-ފ146 (10 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00އަށް ފެމިލީ ކޯޓު (ޖަސްޓިސް ބިލްޑިންގ، ފުރަތަމަ ފަންގިފިލާ) ގެ ކޮންފަރެންސްރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00އަށް ފެމިލީ ކޯޓު (ޖަސްޓިސް ބިލްޑިންގ، ފުރަތަމަ ފަންގިފިލާ) އަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

28 ޛުލްޤަޢިދާ 1435 

23 ސެޕްޓެންބަރު 2014
ހޯދާ