ދިވެހިރާއްޖެ
ގެސްޓް ހައުސްއެއް ހަދައި ހިންގުމަށް އއ.އުކުޅަހު ހުޅަނގު ފަރާތު ވަށާމަގު ކުރިމަތިކޮށް ނިކަގަސްމަގު ގެ އުތުރުން އޮތް 7808.96 އަކަފޫޓުގެ ބިން 31 އަހަރާއި 6 މަސް ދުވަހަށް ކުއްޔައްދިނުމާއި ގުޅޭ:
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަނާއި، ބޭނުން |
އއ.އުކުޅަހު ހުޅަނގު ފަރާތު ވަށާމަގު ކުރިމަތިކޮށް ނިކަގަސްމަގު ގެ އުތުރުން އޮތް 7808.96 އަކަފޫޓުގެ ބިމުގައި ގެސްޓް ހައުސް އެއް ހަދައި ހިންގުން |
|
ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު: |
31 (ތިރީސް އެކެއް) އަހަރާއި 6 (ހައެއް) މަސްދުވަސް |
|
ބިމު ކުލި: |
އަކަފޫޓަކަށް މަދުވެގެން 7 ރުފިޔާ |
|
ބިޑްފޮތް ވިއްކުން: |
މި ބިން ދިނުމަށް ހަމަޖެހިފައިވަނީ ބިޑްފޮތް ވިއްކައިގެންނެވެ. ބިޑްފޮތް ވިއްކާނީ 22 ޖޫން 2022 އިން 09 އޯގަސްޓް 2022 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއިންނެވެ. |
|
ބިޑްފޮތް ވިއްކާ އަގު: |
ބިޑްފޮތެއްގެ އަގަކީ 10،000 (ދިހަ ހާސް ރުފިޔާ) އެވެ. |
|
އެހެނިހެން: |
- ބިޑް ކުރާ ހުރިހާ ފަރާތްތަކުންވެސް ރ.100,000 (އެއްލައްކަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. މި ބިޑް ސެކިއުރިޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ނުވަތަ ސަރުކާރުން ޤަބޫލުކުރާ ފައިނޭންޝަލް އިންސްޓްޓިއުޝަނަކުން ދޫކުރެވިފައިވާ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށް ޞައްޙަކަން ދެމިއޮންނާނެގޮތަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީއަކަށް ވާންވާނެއެވެ. - ބިޑް ކާމިޔާބު ކުރެވިއްޖެނަމަ ބިން ކުއްޔަށް ލިބިގަތުމުގެ ފީ އެއްގެ ގޮތުން އެންމެ މަދުވެގެން 1،000،000ރ (އެއް މިލިއަން ރުފިޔާ) ކައުންސިލްއަށް ދައްކަންޖެހޭނެއެވެ. މިއީ ޤާނޫނުން ނުވަތަ ގަވާއިދުން ނުވަތަ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެހެން ހުރިހާ ފީއަކާއި އަގަކާއި ފައިސާއެއްގެ އިތުރުން ހުށަހަޅާ ފީއެކެވެ. |
|
ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން |
- ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ހުށަހަޅަން ބިޑް ފޯމް ގަނެފައިވާ ފަރާތަކުން ސާފުކުރަން އެދޭ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑް ޑޮކިއުމަންޓަށް، 19 ޖުލައި 2022 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ. - ކައުންސިލުން ބިޑް ޑޮކިއުމަންޓަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް، ބިޑް ޑޮކިއުމަންޓް ގަނެފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދީ، އެކަން ޢާންމުކޮށް އިޢުލާނުކުރެވޭނެއެވެ. |
|
ބިޑް ހުށަހަޅަންޖެހޭ ތަން: |
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއަށް ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ. |
|
ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑި: |
ތާރީޚު: 15 އޯގަސްޓް 2022 |
ގަޑި: 11:00 |
ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. |
||
ބިޑް ހުޅުވާ ތާރީޚު އަދި ގަޑި: |
ތާރީޚު: 15 އޯގަސްޓް 2022 |
ގަޑި: 11:00 |
ބިޑް ހުޅުވާ ތަން: |
ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، ކައުންސިލްގެ އިދާރާގައެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާފައިވާ އެޑްރެހެއްގައެވެ. |
|
އިތުރު މަޢުލޫމާތު: |
ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް 11 އޯގަސްޓް 2022 ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ބިޑްގެ 1 އޮރިޖިނަލް އޮންނަ ގޮތަށެވެ. އެ ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަންވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ އެޑްރެސް ޖަހާ ފުށުގެ އެންމެމަތީގައި، މެދަށްވާގޮތަށް، ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ. " ޓޫރިސްޓް ގެސްޓްހައުސް ހެދުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ބިޑް، 15 އޯގަސްޓް 2022". ސިޓީއުރައިގެ ބޭރުގައި، ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ކަނާތްފަރާތު މަތީކަނުގައި ބިޑްގެ ސީރިއަލް ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
22 ޖޫން 2022