މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރޯޝަނީ ބިލްޑިންގއާއި ހެލްތު ސަޕްލައިޒް ހިނގަމުންދާ އިމާރާތާއި ދަމަނަވެށި ހިނގަމުންދާ އިމާރާތާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއި ހ. ކުއްޅަވައްމާގެ އާގެ ގުދަން އަދި ހ. ރެއާލް އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމް ކޮންމެ މަހަކު އެއްފަހަރު އެއް އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓާނެ ފަރާތެއްހޯދުމާއިގުޅޭ

 

އިޢުލާން

ރޯޝަނީ ބިލްޑިންގއާއި ހެލްތު ސަޕްލައިޒް ހިނގަމުންދާ އިމާރާތާއި ދަމަނަވެށި ހިނގަމުންދާ އިމާރާތާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއި ހ. ކުއްޅަވައްމާގެ އާގެ ގުދަން އަދި ހ. ރެއާލް އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމް ކޮންމެ މަހަކު އެއްފަހަރު އެއް އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓާނެ ފަރާތެއްހޯދުމަށްބޭނުންވެއްޖެ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 ޖުލައި 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 04 ޖުލައި 2022 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

23 ޛުލްޤައިދާ  1443

        

 

22 ޖޫން 2022
ހޯދާ