ދިވެހިރާއްޖެ
އިޢުލާން
ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ލޭބަރ މަޤާމްއަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކޮށްދޭނެމުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމް |
ލޭބަރ |
ބޭނުންވާ އަދަދު |
01 |
މުއްދަތު |
01 އަހަރު (ކޮންޓެކްޓް) |
އަސާސީ މުސާރަ |
-/3100 ރުފިޔާ |
ސަރވިސް އެލަވަންސް |
-/1000 ރުފިޔާ |
ޑިއުޓީ އެލަވަންސް |
-/1200 ރުފިޔާ |
މިނިމަމް ވޭޖް އެލަވަންސް |
-/1917 ރުފިޔާ |
މަޤާމް އޮތް އޮފީސް |
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ރަސްމާދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ / ރ. ރަސްމާދޫ |
މަސައްކަތުގައި ހޭދަ ކުރަން ޖެހޭ ގަޑީއިރު: |
ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް. |
ސެކްޝަން |
މުނިސިޕަލް ސާރވިސް ސެކްޝަން |
އެހެނިހެން އިނާޔަތްތައް |
ހަމަޖެހިފައި އޮންނަ އުޞޫލުން ރަމަޟާން އިނާޔަތް ލިބޭނެ.
|
މަޤާމުގެ އަސާސީ ޝަރުތު: |
1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރުން. 2- ވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
10. ކުނިއެންދުމުގައި މީހުންނަށް އުނދަގޫ ނުވާނެގޮތަށް ކުނި އެންދުމާއި، ކުނި އަންދާ ނިމުމުން އަޅިނަގާ އަންދާ އަށި ރީތިކޮށް ސާފުކުރުމާއި، ކުނި އެންދުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެތި ސާފުކުރުން. 11. ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ކޮންޕޯސްޓް ތައްޔާރުކުރުމާއި، ކޮންޕޯސްޓް ފުރޭނުން އަދި ކޮމްޕޯސްޓު ވިއްކުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން. 12. ކުނިކޮށި ތަރައްޤީކުރުމުގެ ކަންކަމުގައި ކައުންސިލަށް އެހީތެރިވުން. 13. ކޮންމެ ދުވަހަކުވެސް ކުނިނަގާ ނިންމާ ބަގީ/ ޕިކަޕް ސާފުކޮށް، ބެޓްރިޗާޖު ކުރަންޖެހޭތޯ ބަލައި ޗެކްކޮށް ބެލެހެއްޓުން. 14. ބަގީއަށް ދިމާވާ އެކިއެކި މައްސަލަތައް ކައުންސިލަށް އަންގާ ހައްލުކުރުމަށް އަމިލީގޮތުން މަސައްކަތް ކުރުން. 15. ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ބައިވެރިވެފައިވާ މީހުން ދިރިއުޅޭ ގޯތިތަކާއި، ފަޅުގޯތިތަކުގެ ލިސްޓްތައް ބަލައި އެތަންތަނުން ޤަވާއިދުން ކުނި ނެގުމާއި، ގަވާއިދުން ކުނި ނެގެމުންދާކަން ކަށަވަރުކުރުން. 16. ވެމްކޯއިން ކުނި އުފުލަން އަންނަ ދުވަހު، ރަށު ގޮނޑު ހުސްކުރުމަށް ކުރަންހުރި މަސައްކަތްތައް ކުރުން. 17. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފައާއި އިރުޝާދުގެ މަތިން ކުރުން. 18. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާ ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ތަޢުލީމާއި ތަޖުރިބާ އަދި މަސައްކަތްކުރުމުގެ ހުނަރާއި ޤަބިލްކަން ހުރުން. |
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތުގެ 07 ދުވަހުގެ ތެރޭގައި މިމަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދެވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި، ގަޑި އަދި އިންޓަރވިއު އޮންނާނެ ތަން 24 ގަޑިއިރު ކުރިން ކައުންސިލް އިދާރާއިން އަންގާނެއެވެ. |
ހުށައަޅަން ޖެހޭ ލިޔުންތައް: |
1- މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ 5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ) 6- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ 7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި އެކު) |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2022 ޖޫން 29 ވާ (ބުދަ) ދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުވުން އެދެމެވެ. |
އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ:6580049 ފޯނާއެވެ. |
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.