ދިވެހިރާއްޖެ
އިޢުލާން |
||||
ޢިޖްތިމާއީ ސަރަޙައްދުން ކުނިކަހާމީހުން ނަގާކުނި ދުވަހުން ދުވަހަށް ކުނިގޮނޑާހަމައަށް ގެންގޮސް އުކާދޭނެ ފަރާތެއް ހޯދުން |
||||
ނަންބަރ :(IUL)329 /329/2022/48
ޢިޖްތިމާއީ ސަރަޙައްދުން ކުނިކަހާމީހުން ނަގާކުނި ދުވަހުން ދުވަހަށް ކުނިގޮނޑާހަމައަށް ގެންގޮސް އުކާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި ބިޑް ހުށަހެޅުމާއި ބިޑްއޯޕަނިންގް އޮންނާނީ 27 ޖޫން 2022 ވާ ހޯމަދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައެވެ. ބިޑް ހުށަހަޅާ ފޯމް މިއަދުން ފެށިގެން ކައުންސިލް އިދާރާގެ ކައުންޑަރުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ( 7718676 ) ކައުންސިލް މެމްބަރ އާމިރު އިބުރާހިމް ގުޅުއްވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. |