ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަސް އިންދާ ހެއްދުމާއި ގުޅޭ

2023-2019 އަށް ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުގެ ތެރޭގައި ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ބޮޑު އިންސައްތައެއް އިތުރުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން  ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެއް ވަނީ ފަށާފައެވެ. މިޕްރޮގުރާމްގެ ދަށުން އިންދާ އާލާކުރުމަށް ހަމަޖެހިފައިވަނީ ބަނބުކެޔޮ، އަލަ، މުރަނގަ، ފަތްކެޔޮ އަދި ޖަނބުރޯލެވެ.

ވީމާ، މިފަދަ ގަސްތައް އިންދާ ހެއްދުމަށް ޝައުޤުވެރިވެލައްވާ ގޭބީސީތަކުން 02 ޖުލައި 2022 ވަނަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ދެންނެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ނަންނޯޓްކުރެއްވުން އެދެމެވެ. ގަސްތައް އިންދާ ހެއްދުމަށް އެންމެ ކުޑަކޮށް ބޭނުންވާ ޖާގައާއި ގެއަކަށް ލިބޭނެ ގަހުގެ އަދަދު ތިރީގައި އެވަނީއެވެ.

 https://kulhudhuffushicity.gov.mv/2022/06/9667

#

ބަނބުކެޔޮ  (625 އަކަފޫޓް)

ޖަނބުރޯލް

(100 އަކަފޫޓް)

މުރަނގަ

(144 އަކަފޫޓް)

ފަތްކެޔޮ

(80 އަކަފޫޓް)

އަލަ

ގެއަކަށް ލިބޭ އަދަދު

01 ގަސް

01 ގަސް

01 ގަސް

3-1 ނިރު

4-2 އަލަ

19 ޖޫން 2022
ހޯދާ