ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސުޕަވައިޒަރ

ސުޕަވައިޒަރ
ހުޅުމާލެ އޮޕަރޭޝަންސް

ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ
މަސައްކަތު ގަޑި: 08:00 – 15:30

ތައުލީމީ ފެންވަރާއި ތަޖުރިބާ:
ގްރޭޑް 10 ނިންމާފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:
ޓްރާންސްޕޯޓް ޔުނިޓުން ކުރާ މަސައްކަތްތައް ސުޕްވައިޒުކޮށް މޮނިޓަރކޮށް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ޝެކްޝަން ނުވަތަ ޔުނިޓްގެ އިސްވެރިޔާގެ ލަފަޔާއި އެއްގޮތްވާގޮތުގެ މަތިން ޓްރާންސްޕޯޓް ޔުނިޓުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުމާއި މޮނީޓަރ ކުރުމުގައި އެހީތެރިވެދިނުން.
- މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި މަސައްކަތްތައް ކުރިއަށްދިޔަގޮތުގެ ރިޕޯރޓް ޝެކްޝަން ނުވަތަ ޔުނިޓްގެ އިސްވެރިޔާއަށް ރިޕޯރޓްކުރުން.
- މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ދިމާވާ އެކިކަހަލަ މައްސަލަތައް ހައްލުކުރުމާއި އަދި މިފަދަ މައްސަލަތައް ސެކްޝަން ނުވަތަ ޔުނިޓުގެ އިސްވެރިޔާއަށް ރިޕޯރޓްކުރުން.
- މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.
- މަޤާމާއި ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 13،500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 28 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު: (https://jobs.hdc.com.mv/)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

21 ޖޫން 2022
ހޯދާ