ދިވެހިރާއްޖެ
އިޢުލާން
އިލެކްޓްރިކް ވަޔަރުކުރުމާއި ނެޓްވާރކް ކޭބަލްއެޅުން
މި އެޖެންސީ ހިންގަމުންދާ އޮފީސް ޢިމާރާތުގައި ކަރަންޓް ވަޔަރުކުރުމާއި ނެޓްވާރކް ކޭބަލް އެޅުމަށް މި އެޖެންސީއިން ކުރި ނަމްބަރު: (IUL)199-GAS/199/2022/63 އިޢްލާނާއިގުޅިގެން ލިބިފައިވާ ބިޑްތަކުގެ އަގުތައް އެކަށީގެންވާ ވަރަށްވުރެން ބޮޑު ކަމަށް ފެންނާތީވެ، އެ އިޢްލާނު ބާޠިލްކޮށް އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢްލާނުކުރަމެވެ.
މި އެޖެންސީ ހިންގަމުންދާ އޮފީސް ޢިމާރާތުގެ 3 ވަނަ ފަންގިފިލާގެ އެޕާރޓްމަންޓް 3އޭ އަދި އެޕާރޓްމަންޓް 3ބީ އާއި 6 ވަނަ ފަންގިފިލާގެ އެޕާރޓްމަންޓް 6ބީ އަދި އެޕާރޓްމަންޓް 6ސީ ކަރަންޓް ވަޔަރކޮށް އިލެކްޓްރިކް ފިޓިންގްސް ހަރުކޮށް އަދި ނެޓްވާރކް ކޭބަލް އަމިއްލަ ތަކެތީގައި އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާއިގުޅޭ މަޢްލޫމާތު ޝީޓް މި އިޢްލާނާއި އެއްކަރުދާސްކުރެވިފައިނާވެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓް:www.nspa.gov.mvގައި ޝާއިޢު ކުރެވިފައި ވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ތިރީގައިވާ ގަޑިތަކުގައި މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގަޑިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތަފްޞީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
26 ޖޫން 2022 |
އާދީއްތަ |
12:00 |
އަންދާސީހިސާބު ހުށަހެޅުން |
30 ޖޫން 2022 |
ބުރާސްފަތި |
12:00 |
މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށް. |
|||
އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށް. |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353+960-
- ފެކްސް: +960-3003535
- އީމެއިލް: [email protected]