ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ގއ. މާމެންދޫ
ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން:
ވިޔަފާރީގެ އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ މި ބީލަމުގައި ބައިވެރިވުމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކުން 2022ޖޫން 28 އާއި 2022 ޖޫން 30ގެ 8:00 ން 12:00 އާއި ދެމެދު މާމެންދޫ ސްކޫލާއި ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ.
މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022ޖޫން 30 ވާ ބުރާސްފަތި ދުވަހު މެންދުރު 12.00ގެ ކުރިން [email protected] ފޮނުއްވުން އެދެމެވެ.
މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2022 ޖުލައި 03 ވާ އާދީއްތަ ދުވަހު މެންދުރު 1.00 ގައި މާމެންދޫ ސްކޫލުގައެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 ޖުލައި 07 ވާ ބުރާސްފަތި ދުވަހު މެންދުރު 1.00 ގައި މާމެންދޫ ސްކޫލު އޮފީހުގައެވެ.
މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރައްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.
21 ޛުލްޤަޢިދާ 1443
21 ޖޫން 2022