ދިވެހިރާއްޖެ
ކޮވިޑް19ގެ ހާލަތާއި ގުޅިގެން ކުނީ ފީ ނުދެއްކިވާ ފަރާތްތަކަށް ކުނީގެ ހިދުމަތް ކަނޑާނުލައި ވާނީ ހިދުމަތް ފޯރުކޮށްދެވިފައެވެ. ކޮވިޑް19ގެ ހާލަތާއި ގުޅިގެން ކައުންސިލުން ނިންމާފައިވަނީ މިހާލަތާއި ގުޅިގެން އެއްވެސް މަހެއްގެ މަހުފީ ނަގާއިރު ކުނީގެ ޤަވައިދުގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ނުނަގާގޮތަށެވެ. ހަމައެހެންމެ، މިހާލަތުގައި މަހުންމަހަށް ފީ ނުދެއްކުނު ނަމަވެސް ކުނިނެގުމުގައި އެއްވެސް ފަރާތަކަށް ދަތިނުވާނެހެން ކުނިނެގުން ކުރިޔަށްގެންދިއުމަށެވެ.
ސަރުކާރާއި އެޗް.ޕީ.އޭގެ އާންމު އުޞޫލުގެ ތެރެއިން މިހާރުވަނީ މުޅިރާއްޖެ ލޮކްޑައުން ކޮށްފައި އޮތްއޮތުން އުވާލައި ލުއިތައްދީފައެވެ. އެހެންކަމުން މަސައްކަތް ކުރުމާއި އާންމުދަނީ ހޯދުމަށްވަނީ ފުރުޞަތުހުޅުވާލެވިފައެވެ.
ވީމާ، ކުނިމެނޭޖްކުރުމާއި ބެހޭ ޤަވައިދު ނަންބަރ 2013/R-58ގެ ދަށުން ފެންފުށީ ކައުންސިލުން އެކުލަވާލާފައިވާ ކުނިނައްތާލުމުގެ އުޞޫލުގެ 3ވަނަ މާއްދާގެ (ނ)ގެ 1 އަދި 2 ނަންބަރުގައިވާ ގޮތުގެމަތިން 1 ޖުލައި 2022އިން ފެށިގެން އަމަލުކުރުމަށް މިކައުންސިލުން މިވާނީ ނިންމާފައެވެ. އަދި މިހާތަނަށް ފީ ނުދެއްކިވާ މަސްތަކަށް ފީ ދެއްކުމަށް،1 ޖުލައި 2022އިން ފެށިގެން 3 މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެމަސްތަކަށް ދައްކަންޖެހި ނުދެއްކިފައިވާ ފީ ނުދައްކައިފިނަމަ ކުނީގެ ޙިދުމަތް މެދުކަނޑައިލެވޭނެއެވެ.