ދިވެހިރާއްޖެ
2019-2023 އަށް ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުގެ ތެރޭގައި ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ބޮޑު އިންސައްތައަކުން އިތުރުކުރުމަށްޓަކައި ޙާއްސަ ސަމާލުކަމެއް ދެވިފައިވެއެވެ. މިގޮތުން ޒަމާނުއްސުރެން ރާއްޖޭގައި ހައްދާ ޞިއްޙަތަށް ފައިދާހުރި މޭވާއާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް އެތަކެތި ހެއްދުމަށް ބާރުއެޅުމަށް ޙާއްސަ ހަރަކާތެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގުމަށްވަނީ ހަމަޖެހިފައެވެ.
މި ހަރަކާތުގެ ދަށުން، ރަށްރަށުގެ ގޯތިތެރޭގަޔާއި، ކޮމިއުނިޓީ ހުސްބިންބިމުގައި ޖާގަ އޮތްމިންވަރަކުން ރާއްޖޭގެ ފުޑް ސެކުއިރިޓީއަށް މުހިއްމު މޭވާ / ތަރުކާރީ / ފަލަމަޑީގެ ބާވަތްތައް އިންދާ ހެއްދުމަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީއިން ގަސް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން އިންދާ އާލާކުރުމަށްޓަކައި ގޭބީސީ ތަކަށް ބެހުމަށް ކަނޑައެޅިފައިވަނީ ބަނބުކެޔޮ، އަލަ، މުރަނގަ، ފަތްކެޔޮ އަދި ޖަނބުރޯލު ގަހެވެ.
ވީމާ، މި އިޢުލާނުގައި ދެންނެވިފައިވާ ގަސްތައް އިންދާ ހެއްދުމަށް ޝައުގުވެރިވެލައްވާ ގޭބީސީތަކުން 28 ޖޫން 2022 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ ތީރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ނަންނޯޓުކުރުމަށް ދަންނަވަމެވެ.
ފޯމް ލިންކް: https://forms.office.com/r/aH7HyG8qsg
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.