ދިވެހިރާއްޖެ
މި މިނިސްޓްރީއިން ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ ހޯދުމަށް ކުރި އިޢުލާން ނަންބަރު: G/1/2014/92-ފ30 (04 ސެޕްޓެންބަރު 2014) އަށް އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ މި މަޤާމަށް މުވައްޒަފުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
4 (ހަތަރެއް) |
ބޭނުންވާ އަދަދު: |
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ |
މަޤާމު: |
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ) |
ސެކްޝަން: |
||
ފ. މަގޫދޫ، ލ. ފޮނަދޫ، ގދ.ވާދޫ، ޏ.ފުވައްމުލައް |
މަސައްކަތް ކުރަންޖެހޭ ތަން: |
||
މަސް06 |
ވަޒީފާގެ މުއްދަތު: |
||
މުސާރަ: -/7000 - -/10000 ރުފިޔާ (ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި) |
މުސާރަ: |
||
1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނުވަތަ ކުރަންޖެހޭ މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން 2. ފީލްޑްގައި މަސައްކަތް ކުރުމުގެ އަމަލީ ތަޖުރިބާ ލިބިފައިވުން. މި މަޤާމުތަކަށް މުވައްޒަފުން ހޮވުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ. 3. އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމާއެކު ރިޕޯޓު ތައްޔާރު ކުރުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައި ވުން 4. މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ޝަރުޠު: |
||
މި މަޤާމުތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލީ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ހޯދުމަށް ގުޅުއްވާނީ 3341836 އަށް ނުވަތަ ތިރީގައިވާ އެޑްރެސްތަކަށް އީމެއިލް ކުރައްވާ .[email protected] ނުވަތަ [email protected] |
ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް: |
||
1. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) 4. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން 5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ |
ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
މަތީގައި ދެންނެވިފައިވާ މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ؛
މާލެއިން ނަމަ:
ޕްރޮގްރާމް މެނޭޖަރ
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް
ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން
މަތީގައި ދެންނެވިފައިވާ ރަށްތަކުން ނަމަ:
އެރަށެއްގެ ރަށު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
މި ވަޒީފާތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ގެނެވޭނީ ޝޯޓްލިސްޓުވާ ފަރާތްތައް އެކަންޏެވެ.