އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ ސްޓޭޓް ކައުންސެލް

މަޤާމު:

ސީނިއަރ ސްޓޭޓް ކައުންސެލް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

ސީނިއަރ ސްޓޭޓް ކައުންސެލް (ސީ.އެސް 16)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/19،950 (ނަވާރަހާސް ނުވަ ސަތޭކަ ފަންސާސް) ރުފިޔާ

ސަރވިސް އެލަވަންސް:

-/6،750 (ހަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

 (އަސާސީ މުސާރައިގެ %35)

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް / ލީގަލް ޑިވިޝަން، މާލެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • ޝަރުޢީ ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރުން؛
  • ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ދޭންޖެހޭ ލަފާދިނުމުގައި އެޓަރނީ ޖެނެރަލްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން؛
  • އެޓަރނީ ޖެނެރަލްގެ އޮފީހުން އަދާކުރުމަށް ހަމަޖެހިފައިވާ ޤާނޫނީ އެންމެހައި ވާޖިބުތަކާއި ޤާނޫނު އަސާސީންނާއި ޤާނޫނުން އެޓަރނީ ޖެނެރަލް އަދާކުރުމަށް ކަނޑައަޅާފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އެޓަރނީ ޖެނެރަލް އަދާކުރުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛

އަދި މީގެ އިތުރުން ލީގަލް ޑިވިޝަން، ހެޑެއްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

1. ޤާނޫނީ ރޮނގުން ނުވަތަ ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 އަދި ލެވެލް 9 ނުވަތަ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. ލީގަލް ދާއިރާގެ އޮނިގަނޑުގެ ސީއެސް 13 ނުވަތަ އެފެންވަރުގެ ގްރޭޑެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %95 އިން މަތިން މާކްސް ހޯދާފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު

އިންޓަވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އޮކްޓޫބަރު މަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެ އެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 02 އޮކްޓޫބަރު 2014 ވާ (ބުރާސްފަތި) ދުވަހުގެ 14:30 ގެކުރިން މި އޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ވެބްސައިޓް http://www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

  1. ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  2. އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛
  3. ޓްރާންސްކްރިޕްޓް ނުވަތަ ނަތީޖާ ކަރުދާހުގެ ފޮޓޯ ކޮޕީ؛
  4. ކޯހުން ފާސްވެފައިވާ ކަމުގެ ލިޔުން ލިބިލައްވާފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ؛ (ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު)
  5. ފުރިހަމަ ކުރައްވާފައިވާ ކުރު މުއްދަތުގެ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭ ގޮތަށް) ހާމަކޮށްދޭ ލިޔުންތަކުގެ ކޮޕީ
  7. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛
  8. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
  9. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން އެނގޭނެ އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް؛
  10. ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލާ އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

                          27 ޛުލްޤަޢިދާ 1435  

22 ސެޕްޓެންބަރު 2014
ހޯދާ