ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުސްގެ ކިޔާ ގޯތީގައި ހުރި އިމާރާތް (ޚިދުމަތް 3) 1 އަހަރަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެ

އުސްގެ ކިޔާ ގޯތީގައި ހުރި އިމާރާތް (ޚިދުމަތް 3)1 އަހަރަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެ

 

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ހދ. ކުޅުދުއްފުށީ އުސްގެ ކިޔާ ގޯތީގައި ހުރި އިމާރާތް (ޚިދުމަތް 3) 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރަތަމަ ފަހަރަށް ކުރެވުނު ނަންބަރ (IUL)266-PR/266/2022/85 އިޢުލާނަށް ޞައްހަ ބިޑެއް ލިބިފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 28‏ ޖޫން‏ 2022‏ (އަންގާރަ‏) ދުވަހުގެ 13:15 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކްގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

 ލިންކް: https://forms.office.com/r/4uVrkVpn7A

ތަފްސީލް

ތާރީޚް

ގަޑި

މަޢުލޫމާތު ދިނުން

‏26‏ ޖޫން‏ 2022‏ (އާދީއްތަ‏)

13:15

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏28‏ ޖޫން‏ 2022‏ (އަންގާރަ‏)

13:15

އަންދާސީ ހިސާބު ހުށަހެޅުން (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ)

‏29‏ ޖޫން‏ 2022‏ (ބުދަ‏)

13:15

މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވަޑައި ނުގެންނެވި ކަމުގައިވިޔަސް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދެވޭނެއެވެ.

20 ޖޫން 2022
ހޯދާ